ފޮޓޯ: ޓްވިޓާ
ފޮޓޯ: ޓްވިޓާ
އިސްލާމިކް ބޭންކިން ކުރިއަރާނީ އެންމެންގެ އެއްބާރުލުން ލިބިގެންކަމަށް އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

އިސްލާމިކް ބޭންކިންއާއި ގުޅޭގޮތުން ނަފާ ނަސީމް މިއަދު ވިދާޅުވީ، ‏ކޮންމެކަމެއް ވެސް ކުރިއަރަނީ މީހުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އެގޮތުން، އިސްލާމިކް ބޭންކިން ވެސް ތަރައްގީވާނީ އާންމު މީހުން އިސްލާމިކް ބޭންކަށް ސަޕޯރޓްކޮށްދީ، އެކައުންޓް ހުޅުވައި މުއާމަލާތް ކޮށްގެން ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ.

ނަސީމް އިތުރަށް ވިދާޅުވީ، އިސްލާމިކް ބޭންކިންއަށް ސަޕޯޓުކުރުމުގެ ބަދަލުގައި ބޭރު ގައުމުތަކުގެ ބޭންކުތަކަށް ލާރިތައް ލައިގެން މުއާމަލާތް ކުރާނަމަ އިސްލާމީ ބޭންކިން ކުރި ނާރާނެ ކަމަށެވެ.

ނަފާ ނަސީމް މިފަދައިން ވިދާޅުވެފައި މިވަނީ އިސްލާމިކް ބޭންކިންގ ރާއްޖޭގައި ތަޢާރަފްވެ ހިނގަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އާންމު ރައްޔިތުންގެ އެކަށީގެންވާ ތަރުހީބެއް އިސްލާމިކް ބޭންކިންގއަށް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ގިނަ އަދަދެއްގެ ބަޔަކު ކުރިން ގެންގުޅުނު އެކައުންޓްތައް އިސްލާމިކް އެކައުންޓްތަކަށް މިހާރުވަނީ ބަދަލުކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން