ޔޫރޯ މާކެޓިންގ އިން ބާޒާރަށް ނެރެފައިވާ 1883 މެއިޒަން ރޫޓިން ބްރޭންޑްގެ ފްރެންޗް ޕެޓިސެރީ ސިރަޕް
ޔޫރޯ މާކެޓިންގ އިން ބާޒާރަށް ނެރެފައިވާ 1883 މެއިޒަން ރޫޓިން ބްރޭންޑްގެ ފްރެންޗް ޕެޓިސެރީ ސިރަޕް
ރާއްޖޭގެ މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރި ކުންފުނި، ޔޫރޯ މާކެޓިންގ އިން ފަރަންސޭސިވިލާތުގެ ދުނިޔެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ އެންމެ ފަހުގެ ދެ އުފެއްދުމެއް ދިވެހިރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

މިފަހަރު އަލަށް ތަޢާރަފްކުރި ދެ ބާވަތަކީ ފަރަންސޭސި ޕޭސްޓްރީގެ މީރު ރަހަތައް އެކުލެވޭ "ފްރެންޗް ޕެޓިސެރީ ސިރަޕް" ރޭންޖާއި، މޭވާގެ ތާޒާކަން ގެނެސްދޭ "ރިފްރެޝަރ މިކްސް" ރޭންޖެވެ. މި ދެ އުފެއްދުމަކީ ވެސް ރާއްޖޭގެ ކެފޭ، ރެސްޓޯރެންޓް އަދި ރިސޯޓުތަކުގައި ތައްޔާރުކުރާ ޚާއްޞަ ކޮފީތަކާއި، ފިނި ބުއިންތަކުގެ ފެންވަރު އިތުރަށް މަތިކޮށް، އައު ރަހަތަކެއް ކަސްޓަމަރުންނަށް ގެނެސްދިނުމަށް ތަޢާރަފްކުރި އުފެއްދުންތަކެކެވެ.



ޔޫރޯ މާކެޓިންގ އިން ބާޒާރަށް ނެރެފައިވާ 1883 މެއިޒަން ރޫޓިން ބްރޭންޑްގެ މޭވާގެ ރަހަތައް އެކުލެވޭ ރިފްރެޝަރ މިކްސް


ޔޫރޯ މާކެޓިންގ އިން ހާމަކުރި ގޮތުގައި، މި ދެ ކަލެކްޝަނުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުގެ އައުޓްލެޓްތަކުން ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ.

ފްރެންޗް ޕެޓިސެރީ ސިރަޕް ކަލެކްޝަނަކީ ފަރަންސޭސިވިލާތުގެ ސަގާފީ ފޮނިކާތަކެތިން އިންސްޕަޔަރވެ، ކުޅަދާނަ ބަރިސްތާއިންނާއި ޕޭސްޓްރީ ޝެފުންގެ ޚިޔާލާއެކު ތައްޔާރުކޮށްފައިވާ މޮޅު އުފެއްދުމެކެވެ. ހޫނު އަދި ފިނި ބުއިންތަކަށް ވެސް އެއްވަރަކަށް ގުޅޭ މި ސިރަޕްގެ ތެރޭގައި ކްރޮއިސެންޓް، ޕޭން ޗޮކްލެޓް، މެކަރޮން ރާސްބެރީ، އެކްލެއަރ ޗޮކްލެޓް، ކްރީމް ބްރޫލޭ އަދި މެޑްލީން ހިމެނޭހެން ޖުމްލަ 6 ރަހައެއް ވަނީ ހިމަނާފައެވެ. ފަރަންސޭސިވިލާތުގެ އަލްޕްސް ފަރުބަދަތަކުގެ ސާފު ފެނާއި، ގުދުރަތީ ބީޓް ހަކުރު ބޭނުންކޮށްގެން އުފައްދާފައިވާ މި ސިރަޕްތަކަކީ އެއްވެސް އާޓިފިޝަލް މާއްދާއެއް އެކުލެވިގެންވާ އެއްޗެއް ނޫނެވެ.



މީގެ އިތުރުން ތަޢާރަފްކުރި "ރިފްރެޝަރ މިކްސް" ރޭންޖަކީ މޭވާގެ އަސްލު ރަހަ އެކުލެވޭ ފިނި ބުއިންތައް، އެއްވެސް ބުރައަކާ ނުލައި ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭނެ އުފެއްދުމެކެވެ. މި ރޭންޖުގައި ޑްރެގަން ފުރުޓް އެންޑް ލައިމް، ސްޓްރޯބެރީ އެންޑް އަކާއި، މެންގޯ އެންޑް ޕެޝަން ފުރުޓްގެ އިތުރުން ވޯޓަރމެލަން ކިއުކަމްބާ އެންޑް މިންޓް ފަދަ ތާޒާ 4 ރަހައެއް އެކުލެވެއެވެ. މި އުފެއްދުމުގައި ސައްތައިން ސައްތަ ގުދުރަތީ މޭވާ ދިޔަ ބޭނުންކޮށްފައިވާއިރު، ތަބީޢީ ކެފެއިން ހޯދުމަށްޓަކައި ގްރީން ކޮފީ ބީން ވަނީ ހިމަނާފައެވެ. އަދި މި ބުއިންތަކުގެ ފުޅި ފަރުމާކޮށްފައިވަނީ ތިމާވެއްޓަށް ގެއްލުން ކުޑަވާނެހެން، ރީސައިކަލް މެޓީރިއަލް ބޭނުންކޮށްގެންނެވެ.



ޔޫރޯ މާކެޓިންގ އިން އަލަށް ނެރުނު މި ދެ ކަލެކްޝަނަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި، ކެފޭ/ރެސްޓޯރެންޓް ވިޔަފާރިތަކަށް ބުއިންތައް ތައްޔާރުކުރުމުގައި އައު އީޖާދީ ބަދަލުތަކެއް ގެނެސްދީ، ކަސްޓަމަރުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާނެ އުފެއްދުންތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް