ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގއ. ކޮނޑޭގައި ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮނޑޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ހަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.



ކޮނޑޭގައި ޢިމާރާތްކުރާ މިސްކިތަކީ އެހެން މިސްކިތްތަކާއި ޚިލާފަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެއްކަމަށާއި އެގޮތުން މިސްކިތުގެ އެތެރޭގައި ތަނބުތައް ނުހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.



ކޮނޑޭގައި ތަރައްޤީކުރާ މިމިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 7.6 މިލިއަން ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު