ދައުލަތަށް ނުދައްކާ ހުންނަ ޓެކުހާއި ގުޅިގެން ޢަމަލުކުރާނެ ގޮތާއި ބެހޭ އުސޫލުތަކެއް އާންމުކޮށްފިއެވެ.
މީރާއިން މިއުސޫލުތައް އާންމުކޮށްފައި މިވަނީ ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ ނުލިބޭ ނުވަތަ އެ ފަރާތްތަކަށް ނުދެއްކޭ ހާލަތެއްގައި އަމަލު ކުރާނެ ގޮތް އާންމު އުސޫލެއްގެ ތެރެއިން ބަޔާން ކުރުމުގެ ގޮތުންނެވެ.
މިއުސޫލްތަކުގެ ތެރޭގައި ފުރަތަމަ އުސޫލަކީ ޓެކްްސް ނުދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ޖޫރިމަނާ ލުއިކޮށްދިނުމުގެ އުސޫލެވެ. މި އުސޫލަށް އަމަލު ކުރާނެ އާންމު މިންގަނޑަކީ އެ ފަރާތަކުން އިޢުތިރާޒްކޮށްފައިވާ ޓެކްސް ފިޔަވައި އެހެން ހުރިހާ ޓެކުހެއް ދައްކައި އަދި އިޢުތިރާޒްކޮށްފައިިވާ ޓެކުހުގެ އަދަދު ބަހާލައިގެން ދައްކާނެ އެއްބަސްވުމަކާއި ހަމައަށް އައުމުންނެވެ. މިއުސޫލަށް ޢަމަލުކުރެވޭނީ އެކަމަށް އެދި ހުށަހެޅުމުން ކަމަށް މީރާއިން ބުނެއެވެ.
ދެން އާންމުކޮށްފައިވަނީ ބަހާލައިގެން ޓެކްސް ދެއްކުމުގެ އާންމު އުސޫލާއި، ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، އެކައުންޓު ބެލުމުގައި ޢަމަލުކުރާނެ ގޮތެވެ.
މި އުސޫލު ތަންފީޒު ކުރާނީ އެމްއެމްއޭއާއި މީރާ އަދި ބޭންކުތަކާއި ގުޅިގެން ކަމަށް މީރާއިން ބުނެއެވެ. މިއުސޫލުގެ ދަށުން ދައްކަން ޖެހޭ ފައިސާގެ މިންވަރަކީ ޖޫރިމަނާ އަދި އިންޓްރެސްޓް ނުލައި މީރާއިން ކަނޑައަޅާ މިންވަރަށްވުރެ ބޮޑު އަދަދެއްގެ ފައިސާއަކަށް ވާން ޖެހެއެވެ.
މިއުސޫލުގެ އިތުރުން ޓެކްސް ބަޔާންތައް ހުށަނާޅާ ފަރާތްތަކުގެ ނަންތައް އާންމުކުރާނެ ހާލަތްތައްވެސް މީރާއިން ވަނީ ކަނޑައަޅާފައެެވެ.
މީރާއިންވަނީ ޓެކްސް ބަޔާންތައް ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާއި މެދު ޢަމަލު ކުރާނެ އާންމު އުސޫލުވެސް ޝާޢިއުކޮށްފައެވެ. އެގޮތުން 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކާ ނަމަ ނޯޓިސް ފޮނުވައި، އަދި އެ މުއްދަތުގައިވެސް ފައިސާ ނުދައްކާނަމަ ފައިނަލް ނޯޓިހެއް އެފަރާތަށް ފޮނުވޭނެއެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ފައިސާ ހޯދުމާއި އެޅޭނެ އެހެނިހެން ފިޔަވަޅުތައް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މީރާއަށް ޓެކްސް ނުދައްކާ ފަރާތްތަކާއި މެދު ޢަމަލު ކުރާނެ އުސޫލުތައް މީރާއިން އާންމުކޮށްފައި މިވަނީ ކޯވިޑްގެ ތެރޭގައި ޓެކްސް ނުދެއްކޭ ގިނަ ފަރާތްތަކަށް މިފަދަ އުސޫލުތަކެއްގެ ތެރެއިން ލުއިވެސް ދިނުމަށް ފަހުއެވެ. މިޔާއިއެކު އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓެކުހުގެ ޒިންމާތައް އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށް މީރާއިން ބުންޏެވެ. ޓެކްސް ދައްކާ ފަރާތްތައް އެ ފަރާތްތަކުގެ ޓެކުހުގެ އިންތިޒާމުތައް ފުރިހަމައަށް އަދާ ކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު