ދުނިޔޭގެ ނަން މަޝްހޫރޫ ތަރިންނާ ފަންނާނުންނާއެކު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ހަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓްކަމަށް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވި ނަމަވެސް އެހަފުލާއަށް ހޭދަކުރެއްވި މިންވަރު ހާމަކުރަށްވަން އޭނާ ފަސްޖެހިވަޑައިގެންފި އެވެ.
މަހްލޫފް މިހެން ވިދާޅުވީ ސްޕޯޓްސް އެވޯޑް ހަފްލާއަށް އެތައް މިލިއަނަކުން ހަރަދުކޮށްފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.
މި ފާޑުކިއުންތަކަށް ރައްދެއްގެ ގޮތުގައި މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ޚަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓުކަމަށެވެ. މަހްލޫފް ވިދާޅުވީ މިއީ ކުޅިވަރުގެވެސް އެންމެ ބޮޑު އަދި ރާއްޖެ އިޝްތިހާރު ވެގެންދިއުމުގައިވެސް އެންމެ ބޮޑު އިވެންޓުކަމަށެވެ.
އިވެންޓް ބޭއްވުމަށް 30 މިލިއަން ރުފިޔާ ހަރަދުވިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވައި މަހްލޫފް ވިދާޅުވީ 30 މިލިއަން ރުފިޔާއިން އޭނާ މީގެ 6 އިވެންޓު ބާއްވާނެކަމަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ހަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓްކަމަށް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވި ނަމަވެސް އެކަމަށް ހަރަދުވި ފައިސާގެ އެއްވެސް ތަފްސީލެއް ކުޅިވަރާއި ބެހޭ ވުޒާރާއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި ތަފުސީލު ހޯދުމަށް މިނިސްޓަރ މަހުލޫފަށް ތަކުރާރުކޮށް "ރަސް އޮންލައިން" ގެ ފަރާތުން މެސެޖު ކުރުމުން ވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ވަރަށް ކުއްލި ގޮތަކަށް އަވަސް އަރުވާލައިގެން މަހުލޫފު މިފަދަ ބޮޑު އިވެންޓެއް ބާއްވާފައި މިވަނީ އޭނާއާއި ބެހޭ ޚިޔާނާތުގެ ބޮޑު މައްސަލައެއް ރާއްޖޭގެ ހައިކޯޓުގައި ހިނގަމުން ދަނިކޮށެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މަހުލޫފު މިފަދަ ހަފުލާއެއް އެހާ އަވަސް އަރުވާލައިގެން ބާއްވާލީ ރާއްޖޭގެ އަމިއްލަ ނޫހަކުން ބާއްވަމުން އަންނަ ސްޕޯޓްސް އެވޯޑްގެ ކުލަ ފަނޑުކޮށްލައި އެނޫހަށް ގޮންޖަހާލުމަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގެ ހަރަދުތައް ހާމަކޮށްފައި ނުވާއިރު، ކޯވިޑާ ގުޅިގެން އިގްތިސާދު ހީނާރުވެފައިވާ ދަނޑިވަޅެއްގައި މިފަދަ ހަރަދެެއް ކުރުމަކީ އިސްރާފެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަނެއްކޮޅުން އިގްތިސާދީ ކާރިސާއެއްގައި އޮތް ލަންކާގެ ކުޅިވަރާއި ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާ މިހަފްލާގައި ބައިވެރިވެވަޑައިގެންނެވުމުން އޭނާއަށްވެސް ވަނީ ލަންކާ ރައްޔިތުންގެ ފާޑު ކިޔުން އަމާޒުވެފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ޚަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓު.ކުޅިވަރުގެވެސް އެންމެ ބޮޑު،ރާއްޖެ އިޝްތިހާރު ވެގެންދިއުމުގައިވެސް އެންމެބޮޑު އިވެންޓު.
— Ahmed Mahloof (@AhmedMahloof) March 19, 2022
30 މިލިއަން ރުފިޔާ އަށް އަޅުގަނޑުމެން މީގެ 6 އިވެންޓު ބާއްވާނަން.🇲🇻 pic.twitter.com/gyPoHOVkln
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ހަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓްކަމަށް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވި ނަމަވެސް އެކަމަށް ހަރަދުވި ފައިސާގެ އެއްވެސް ތަފްސީލެއް ކުޅިވަރާއި ބެހޭ ވުޒާރާއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި ތަފުސީލު ހޯދުމަށް މިނިސްޓަރ މަހުލޫފަށް ތަކުރާރުކޮށް "ރަސް އޮންލައިން" ގެ ފަރާތުން މެސެޖު ކުރުމުން ވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ވަރަށް ކުއްލި ގޮތަކަށް އަވަސް އަރުވާލައިގެން މަހުލޫފު މިފަދަ ބޮޑު އިވެންޓެއް ބާއްވާފައި މިވަނީ އޭނާއާއި ބެހޭ ޚިޔާނާތުގެ ބޮޑު މައްސަލައެއް ރާއްޖޭގެ ހައިކޯޓުގައި ހިނގަމުން ދަނިކޮށެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މަހުލޫފު މިފަދަ ހަފުލާއެއް އެހާ އަވަސް އަރުވާލައިގެން ބާއްވާލީ ރާއްޖޭގެ އަމިއްލަ ނޫހަކުން ބާއްވަމުން އަންނަ ސްޕޯޓްސް އެވޯޑްގެ ކުލަ ފަނޑުކޮށްލައި އެނޫހަށް ގޮންޖަހާލުމަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގެ ހަރަދުތައް ހާމަކޮށްފައި ނުވާއިރު، ކޯވިޑާ ގުޅިގެން އިގްތިސާދު ހީނާރުވެފައިވާ ދަނޑިވަޅެއްގައި މިފަދަ ހަރަދެެއް ކުރުމަކީ އިސްރާފެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަނެއްކޮޅުން އިގްތިސާދީ ކާރިސާއެއްގައި އޮތް ލަންކާގެ ކުޅިވަރާއި ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާ މިހަފްލާގައި ބައިވެރިވެވަޑައިގެންނެވުމުން އޭނާއަށްވެސް ވަނީ ލަންކާ ރައްޔިތުންގެ ފާޑު ކިޔުން އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު