ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ 91 އިންސައްތަ ކޯވިޑް-19 ގެ ދެޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އަޙްމަދު މިމޭރުމުން ވިދާޅުވީ ޔޫއެންއޯޑީސީގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމްގެ ފަރާތުން ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންނަށް "އެކްސެލިންގ ބިޔޯންޑް އެމަރޖިންގ ޗެލެންޖަސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކް"ގެ ނަމުގައި ކުރިއަށް ގެންދާ ޓްރޭނިންގ ޕްރޮގްރާމް ފެށުމުގެ ގޮތުން މާފުށީ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ޤައިދީންނާއި ބަންދުމީހުންގެ 84 އިންސައްތަ ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އަދި 73 އިންސައްތަ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 94 އިންސައްތަ ވެކްސިންގެ ފުރަތަމަ ޑޯޒް އަދި 91 އިންސައްތަ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ އަޙްމަދު ވަނީ ކޯވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އަދި ލޮކްޑައުނަށް ދިއުމުގެ ސަބަބުން އެމްސީއެސްއަށް ދިމާވި ގޮންޖެހުންތައް ފާހަގަކުރަށްވާފައެވެ. އެގޮތުން ޖަލުތައް އިތުރަށް ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި ޖަލުގައި ބަންދުކޮށްފައި ތިބި ފަރާތްތަކާއި އޮފިސަރުން ކޮންމެ ދުވަހަކު ބަލީގެ ޢަލާމަތްތަކަށް ސްކްރީންކުރުމާއި، ކްލެމެންސީ އަދި ޕެރޯލްގެ ދަށުން ޝަރުޠު ހަމަވާ ފަރާތްތައް ދޫކުރުމާއި، ދާއިމީ ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތައް ގެއަށް ވަގުތީ ގޮތުން ބަދަލުކުރުމާއި، ޖަލަށް މީހުން ވަދެ ނިކުތުން ބަންދުކުރުމާއި، ޤައިދީންނާއި ބަންދުމީހުން އެއްތަނުން އަނެއްތަނަށް ސިއްޙީ ފަރުވާ އަދި ކޯޓު ޝަރީޢަތްތަކަށް ގެންދިއުން މެދުކަނޑާލުން ފަދަ ކަންތައްތައް ހިމެނޭކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
އަދި މި ކަންތައްތަކަށް ޒަމާނީ ޙައްލުތައް ހޯދަން މަސައްކަތްކޮށް، ޖަލުގައި ބަންދުކޮށްފައި ތިބި ފަރާތްތަކަށް ޢާއިލާ އަށާއި ވަކީލުންނާ ގުޅުން ބޭއްވުމުގެ ގޮތުން އިތުރަށް ފޯން ކޯލް ދިނުމާއި ވީޑިއޯ ކޯލް ތަޢާރަފްކުރުމާއި ވިޑީއޯ މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވެވޭނެ އަދި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސިގެން ދިއުންކަމަށާއި ޖަލުގައި ތިބި ފަރާތްތަކަށް ޢާއިލާއިން އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުނުކަމަށް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން މާފުށީ ޖަލުގައި އިތުރު ޚިދުމަތްތަކާއެކު އައު މެޑިކަލް ސެންޓަރެއް ހުޅުވުނު ކަމަށާއި އައިޖީއެމްއެޗްއާއެކު ސްޕެޝަލިންޓުންނާއި ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ޖަލުގައި ތިބެގެން ދެއްކޭނެ ގޮތާބެހޭ އެމްއޯޔޫއެއްގައި ސޮއި ކުރެވުނުކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
05 ދުވަހަށް ކުރިއަށް ގެންދާ މި ޓްރޭނިންގ ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ޕްރިޒަން އޮފިސަރުން ތަމްރީން އަދި ތަރައްޤީކޮށް، ޔޫއެންގެ "މިނިމަމް ސްޓޭންޑަޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް – ދަ ނެލްސަން މަންޑޭލާ ރޫލްސް" އަށް އަޙުލުވެރިކޮށް، ކޯވިޑް-19 ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ޙައްލުކުރާނެ އުކުޅުތައް ދަސްކޮށްދިނުމެވެ.
މިގޮތުން މި ޓްރޭނިންގ ޕްރޮގްރާމްގައި ސްރީ ލަންކާގެ 09 ޕްރިޒަން އޮފިސަރުންނާއި ރާއްޖޭގެ 08 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު