ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރ. ދުވާފަރުގައި އަލަށް ހިއްކައި ނިންމި ބިން ހިމެނޭގޮތަށް އެރަށުގެ ޓޮޕޯގްރަފިކް ސާރވޭގެ މަސައްކަތް ފަށައިފިއެވެ.
ދުވާފަރު ކައުންސިލުން ބުނީ އެރަށުގެ ޓޮޕޯގްރަފިކް ސާރވޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބްލޫ ކޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކާކަމަށެވެ.
ދުވާފަރު ކައުންސިލުން މިހާރު ކުރިއަށްދާ ސާވޭގެ މަސައްކަތް ނިމުމުން އަލަށް ހިއްކި 22 ހެކްޓަރުގެ ބިމުގެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ، ބިން ބޭނުންވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި ވިޔަފާރި ކުރުމަށާ، ސިނާއީ އެހެނިހެން ކަންކަމަށް ބިން ބޭނުންވާ ފަރާތްތަކަށް އޮންނަ އުސޫލުގެ ތެރެއިން ބިންތައް ދޫކުރުމަށް ނިންމާފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.
އެރަށުގެ ޓޮޕޯގްރަފިކް ސާރވޭކުރާ ކުންފުނިން ބުނީ ސާވޭގެ މަސައްކަތް މިމަސްތެރޭ ނިންމާލެވޭނެކަމަށާއި، ސާވޭގައި ބަލާނީ މުޅިރަށުގެ ބިމުގެ ބޮޑުމިނާއި އަލަށް ހިއްކާފައި އޮތް ސަރަހައްދުގެ ބޮޑުމިނާއި ފަޅުގެ ބޮޑުމިނުގެ އިތުރުން ދިޔަވަރުތަކުގައި ރަށުގެ އުސްމިނާއި މަގުތަކުގެ ބޮޑުމިނެވެ.
ދުވާފަރު ބިމަށް އިތުރުކުރި 22.2 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ މަސްތެރޭ ފަށައި އެއަރުގެ ޖޫންމަހު ވަނީ ނިންމާލާފައެވެ. ސަރުކާރުން 143.11 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔުމުގެ އެއްބޭނުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު