ބަހާއި ހިސާބު އިލްމަކީ މަދަރުސާއަކުން ލިބޭނެ އެންމެ މުހިއްމު ހުނަރުކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މިހެން ވިދާޅުވީ ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 131 ސްކޫލަކުން ބައިވެރިވެއެވެ. އަދި މި ތަމްރީނު ޕްރޮގްރާމް ނިމޭއިރު، ބަހާއި ހިސާބު ޢިލްމު އުންގަންނައިދިނުމަށްޓަކައި މި ޕްރޮޖެކްޓުގައި ހިމެނޭ ކޮންމެ ސްކޫލަކުން ޓީޗަރަކު ވާނީ ތަމްރީނުކުރެވިފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ބަހާއި ހިސާބު ޢިލްމު އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާކޮށް، ދަރިވަރުންގެ ކިބައިގައި މި އިލްމުގެ ފުރިހަމަ ބިންގަލެއް އެޅިގެން ނޫނީ ފޭރާން ހެޔޮ ތަޢުލީމެއްގެ ފުރުސަތު ހޯދައި ނުދެވޭނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ބަހާއި ހިސާބު އިލްމަކީ މަދަރުސާއަކުން ލިބިދެވޭނެ އެންމެ މުހިއްމު ހުނަރުކަމަށާއި ދަރިވަރުންނަށް ކާމިޔާބުކަމާއިއެކީ ކުރިއަށް ދެވޭނެ ތަޅުދަނޑިއަކީ ދަރިވަރުންގެ މާދަރީ ބަސް ރަނގަޅުކުރެވިގެން ކަމަށެވެ. އެގޮތުން މި އިސްތިރާޖުގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިސްވެރިންނާ، މުދައްރިސުން އަދި ބެލެނިވެރިންވެސް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޔުނިސެފްއާއި ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިއުކޭޝަނުން ރާއްޖެއަށް ލިބުނު ހިލޭ އެހީއާއެކު ޤާއިމުކުރެވުނު "ލޭމްޕް" ޕްރޮޖެކްޓުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ @aisthly.
— Ministry of Education (@MoEdumv) March 20, 2022
1/4 pic.twitter.com/amXx973zWa
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ބަހާއި ހިސާބު ޢިލްމު އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާކޮށް، ދަރިވަރުންގެ ކިބައިގައި މި އިލްމުގެ ފުރިހަމަ ބިންގަލެއް އެޅިގެން ނޫނީ ފޭރާން ހެޔޮ ތަޢުލީމެއްގެ ފުރުސަތު ހޯދައި ނުދެވޭނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ބަހާއި ހިސާބު އިލްމަކީ މަދަރުސާއަކުން ލިބިދެވޭނެ އެންމެ މުހިއްމު ހުނަރުކަމަށާއި ދަރިވަރުންނަށް ކާމިޔާބުކަމާއިއެކީ ކުރިއަށް ދެވޭނެ ތަޅުދަނޑިއަކީ ދަރިވަރުންގެ މާދަރީ ބަސް ރަނގަޅުކުރެވިގެން ކަމަށެވެ. އެގޮތުން މި އިސްތިރާޖުގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިސްވެރިންނާ، މުދައްރިސުން އަދި ބެލެނިވެރިންވެސް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޔުނިސެފްއާއި ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިއުކޭޝަނުން ރާއްޖެއަށް ލިބުނު ހިލޭ އެހީއާއެކު ޤާއިމުކުރެވުނު "ލޭމްޕް" ޕްރޮޖެކްޓުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު