ކޯވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އިމަޖެންސީ އުވާލައި، ފިޔަވަޅުތަކަށް ލުއި ދީފައިވަނީ ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހުކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ދުނިޔޭގައި ޕެންޑެމިކްގެ ހާލަތު އެބައޮތްކަމަށާއި ނަމަވެސް ރާއްޖޭގައި އޮމިކްރޯންގެ ހާލަތު ފަހަނައަޅައިގޮސް ކޭސްތަކުގެ އަދަދު މިހާރު ދަށްވެފައިވާކަމަށެވެ. އެހެންކަމުން ކޮންމެހެން އިމަރޖެންސީ ހާލަތު ބާއްވާކަށް މިހާރު ނުޖެހޭނެކަމަށާއި ފިޔަވަޅުތައް އުވާލާފައިވަނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހުކަމަށް ނަސީމު ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ކޯވިޑްގެ އިތުރު ރާޅެއް ނުވަތަ ސާރޖަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޯވިޑްގެ ކޭސްތައް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިތުރުވާން ފަށައިފިނަމަ އިސްކަންދެއްވާނީ މުޅި ރާއްޖޭގައި ފިޔަވަޅު އެޅުމުގެ ބަދަލުގައި ބަލި ފެތުރޭ ސަރަހައްދަށް އިސްކަންދެއްވައިގެން ބަލި ކޮންޓްރޯލްކުރުމަށް ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
ރާއްޖޭގައި އިއުލާންކޮށްފައިވާ ކޯވިޑްގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މިމަހުގެ 13 ވަނަ ދުވަހު އުވާލާފައެވެ. އަދި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުންވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ. މީގެއިތުރުން ރަށްރަށަށް ދަތުރުކުރާއިރު ނުވަތަ ރާއްޖެ އަންނައިރު މިހާރު ޕީސީއާރު ޓެސްޓެއްވެސް ބޭނުމެއްނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު