މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ދައްކާ ހަލާސް ކުރުމުން ސިވިލް ކޯޓުން އެ މައްސަލަ އިތުރަށް ކުރިޔަށް ނުގެންގޮސް ނިންމާލައިފިއެވެ.
އަމިއްލަ ކުންފުންޏަކަށް އަޝްފާޤް ދައްކަންޖެހޭ މި ފައިސާއަކީ، އަޝްފާގުގެ އެދުމަށް އެ ކުންފުނިން، މއ. ގޯލްޑަން ސްކައިގައި ހަރުކޮށްފައިވާ ލިފްޓް ހަރު ކުރުމާއި ޓެސްޓު ކުރުމާއި އަދި ލިފްޓް ބެހެއްޓުމުގެ ކަންކަމަށް ދައްކަންޖެހޭ އަގުތަކާއި ފީތަކުގެ ގޮތުގައި ނުދައްކާ އޮތް ފައިސާއެކެވެ. އެގޮތުން ޖުމުލަ 540،250.49 ރުފިޔާ އަޝްފާޤްގެ ކިބައިން އެއްފަހަރާ ހޯދަން އެދި ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ކޯޓުގައި އޮތީ ދައުވާ ކޮށްފައެވެ.
މި މައްސަލާގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި މި މައްސަލަބެލި ގާޒީ ޢަލީ ޢަބްދުﷲ ވިދާޅުވެފައިވަނީ، މި މައްސަލައިގައި ދައްކަންޖެހޭ ފައިސާ އަޝްފާޤްގެ ފަރާތުން ކުންފުންޏަށް ދައްކާ ހަލާސްކޮށްފައިވާތީ، މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް ދިނުމަށް ކޮންޓެކްގެ ބަދަލުގައި މި މައްސަލައިގައި ކޯޓަށް ހާޒިރުވާން ހަމަޖައްސާފައިވާ ދަ ލިޓިގަންޓްސް (އެލްއެލްޕީ) އިން ސިވިލް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އަދި ދައުވާކުރާ ފަރާތުން ދައުވާ ބާތިލްކުރަން އެދިއްޖެ ހާލަތެއްގައި ދައުވާ ފޯމު ބާތިލު ކުރެވިދާނެކަމަށް ޝަރީއަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގެ 6 ވަނަ ނަންބަރުގެ 15 ވަނަ މާއްދާގެ 4 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ސިވިލް ކޯޓުން މިއަދު ހުކުމް ކުރީ މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.
މި މައްސަލައަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު