ކޮވިޑް-19 ގެ ހާލަތުގައި ސިފައިން ކުރި މަސައްކަތުގެ އަގުވަޒަންކޮށް ހާއްސަ މެޑެއްޔެއް ދިނުމަށް މިއަދު ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންނަށް ދިނުމަށް ނިންމާފައިވަނީ "އިންސާނީ ޚިދުމަތުގެ މެޑެލި-ކޮވިޑް19" ކަމަށެވެ.

މި މެޑަލް ދިނުމަށް ނިންމާފައިވަނީ ކޮވިޑް-19 ގެ ހާލަތުގައި ސިފައިން ކުރި މިންނެތް މަސައްކަތާއި ދިވެހި ޤައުމާއި ރައްޔިތުންނަށް ކޮށްދިން އިޚްލާޞްތެރި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސިފައިންގެ އަގުވަޒަން ކުރަން ނިންމެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ކޮވިޑްގެ ހާލަތުގައި ސިފައިން ވަނީ ކޮވިޑް ފެސިލިޓީތަކަށް ލޮޖިސްޓިކްސް ސަޕޯޓު ދިނުމާއި، ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުގައި އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކަތް ތަކެއް ކޮށްދީފައެވެ. މީގެ އިތުރުން ކާފިއު ވަގުތުގައި ފުލުހުންނާއި އެކު މަގުމަތި ބެލެހެއްޓުމުގައި ވެސް ސިފައިން ހަރަކާތްތެރިވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު