ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު މުރާޖަޢާކުރުމާއި ގުޅޭގޮތުން އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޤާނޫނަށް އިޞްލާޙު ގެނައުމަށް މަޝްވަރާކުރެވުނު މައިގަނޑު ކަންކަމުގެ ތެރޭގައި ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖަޢާކުރުން ހިމެނެއެވެ. އަދި ހަރުކަށިފިކުރު ހުއްޓުވުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަތުމާއި ކޮންމެ މައްސަލައަކަށް ޖިނާއީ ޢަދުލުގެ ނިޒާމުން ހަމައެކަނި ހައްލުހޯދުމުގެ ބަދަލުގައި ކަމާއި ގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުން ހިމެނެއެވެ.
މީގެއިތުރުން ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ޙަޤީޤަތާއި ޚިލާފު މަޢުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުންވެސް މި ބައްދަލުވުމުގައި ކުރިއަށްދިޔައެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި ކަމާއިބެހޭ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު މުރާޖަޢާކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ އެޓަރނީ ޖެނެރަލް @ibriffath ބައްދަލުކުރައްވައިފި.
— AG Office Maldives (@AGOmv) March 20, 2022
ޤާނޫނަށް އިޞްލާޙު ގެނައުމަށް މަޝްވަރާކުރެވުނު މައިގަނޑު ކަންކަމަކީ 👇 pic.twitter.com/KPt7Eo4UsW
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި ކަމާއިބެހޭ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ކިޔުންތެރިންގެ ހިޔާލު