އެމްޑީޕީ މެމްބަރުންގެ މާޔޫސްކަމުގެ ހައްލު އަންނާނީ އިކޮންމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ޗެއާޕާސަން ކަމަށް ގެނައުމުން ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮވެމެ އެޕާޓީގެ މެންބަރުން މާޔޫސްވެފައި ތިބޭކަށް ނުޖެހޭ ކަމަށެވެ. އެކަން ހައްލު ކުރުމަށްޓަކައި ޕާޓީއާއި ސަރުކާރާއިއެކު މަސައްކަތް ބާރަށް ހިންގާލަން ޖެހޭ ކަމަށް ނިހާދު ވިދާޅުވިއެވެ.
"ހައްލެއް ހޯދުމަށް ޕާޓީ އާއި ސަރުކާރާއި އެކު މަސައްކަތް ބާރަށް ހިންގާލަން ޖެހޭ. މާޔޫސްކަމުގެ ހައްލަކީ ފައްޔާޒު ޗެއާޕާސަނަކަށް ގެނައުން ކަމާއިމެދު ޝައްކެއް ނެތް،" ނިހާދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނު ފޯރިއާއެކު މިހާރު ކުރިއަށްދާއިރު އެ އިންތިޚާބުގައި ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ މިހާރު ކެމްޕޭނުގައި ވަޑައިގެން އުޅުއްވަނީ ތިލަދުންމަތީގައެވެެ.
ކެމްޕޭންގައި ފައްޔާޒާއެކު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް މިހާރު ހުންނެވީ ތިލަދުންމަތީގައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެެވެ. އިންތި ކެމްޕޭންގައި މިވަގުތު އުޅުއްވަނީ ގއ. ގައެވެ.
އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ނިންމައިފައިވަނީ މޭ މަހުގެ 14 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު