ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله
ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله
ފުލުހުންގެ ވެރިންގެ ގޮތުގައި ރަށުންބޭރު މީޙުން ކަނޑައެޅުމަކީ މިނިސްޓްރީގެ ސިޔާސަތު ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިބީދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ އެޖެންޑާ ނަންބަރުގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ އިމްރާން މިއަދު ވިދާޅުވީ ރަށްރަށުގެ ސްޓޭޝަންތަކާއި ޔުނިޓުތަކުގައި ބައިތިއްބާނެ ފުލުހުން ކަނޑައެޅުމަކީ މިނިސްޓްރީއަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މި ސަރުކާރުގެ ސިޔާސަތަކީ އާއިލާ ގާތުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

ނަމަވެސް ފުލުހުންގެ މަސައްކަތަކީ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތެއް ކަމަށާއި އެހެންކަމުން މަސްލަޙަތަށްވެސް އިސްކަންދޭންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިނިސްޓްރީން މިހާރު ގެންގުޅޭ ސިޔާސަތަކީ ހުރިހައި ރަށެއްގައިވެސް ފުލުހުންގެ ވެރިއެއްގެ ގޮތުގައި ރަށުން ބޭރު ބޭފުޅަކު ބެހެއްޓުން. ނަމަވެސް ދަށުން ތިއްބަވާ ވީހާވެސް ގިނަ އޮފިސަރުންނަކީ ރަށަށް ނިސްބަތްވާ އޮފިސަރުންކަމަށް ހެދުން." މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ހިދުމަތް ގާއިމްކުރުމަށެވެ. އަދި ފުލުހުންނާއި ރައްޔިތުންގެ އެއްބާރުލުމާއެކީ އެމަސައްކަތް 2023 ވަނަ އަހަރު ނިމުމުގެ ކުރިން ނިމިގެންދާނެކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން