"އިންޑިއާ އައުޓް" ނަމުގައި އިދިކޮޅު ފަރާތްތަކުން އަންނަ ހުކުރުދުވަހު ބާއްވަން މަސައްކަތްކުރާ އެއްވުން ނުބޭއްވޭނެކަމަށް ހޯމް މިނިސްޓަރ އިދިކޮޅު ފަރާތްތަކަށް އަންގައިފިއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދުގެ ޖަލްސާގައި އިންޑިއާ އައުޓް ކެމްޕެއިން ނުހުއްޓުވިގެން އުޅޭ މައްސަލައާ ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

"ގާނޫނާއި ގަވައިދާ ހިލާފަށް އެފަދަ ކަމެއް ނުހިންގޭ ކަމަށް ވަނީ އަންގާފައި" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އިދިކޮޅުން ރާވަމުން އަންނަ ބޮޑު އެއްވުމަކީ ގާނޫނާއި ހިލާފަށް ހިންގާ ހަރަކާތެއްކަން އިދިކޮޅު ފަރާތްތަކަށް އަންގާފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ އަންނަ ހުކުރުދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުންނެވެ. އަދި މުޒާހަރާގައި ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ އެމަނިކުފާނު ޖަލު ހުކުމުން މިނިވަންވެވަޑައިގެންނެވިފަހުން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ މުޒާހަރާއެވެ.



ކިޔުންތެރިންގެ ހިޔާލު