ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން "އެއްގެއިން އަނެއްގެއަށް" ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.
އެޗްޑީސީން ބުނީ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ "ވޯލްޑް ރިސައިކްލިންގ ޑޭ އާ ގުޅުވައިގެން އެއްފަހަރު ބޭނުންކޮށްފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަފަހަރު ބޭނުންކުރުމުގެ އާދަ ދިވެހިންގެ މެދުގައި އާލާކުރުމަށް އެ ކޯޕަރޭޝަނުން ތަޢާރަފްކުރި ކެމްޕެއިނެއްކަމަށެވެ. މިގޮތުން ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 24 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 2:00 އިން ފެށިގެން 26 މާރިޗު 2022 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުމާލެ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ސަރަޙައްދުގައި ގޭގެއިން ގެނެވޭ ތަކެތި ބެހެއްޓުމާއި، އަދި އެތަކެތި ބަލާ އަންނަ ފަރާތްތަކަށް ހަވާލުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށް އެޗްޑީސީން ބުނެއެވެ.
މިކެމްޕެއިނުގެ ދަށުން ބަލައިގަނެވޭނީ އިލެކްޓްރޯނިކް ސާމާނު، ފަރުނީޗަރު އަދި ބަދިގޭގައާއި ގޭތެރޭގައި ބޭނުންކުރެވޭފަދަ ތަކެއްޗެވެ.
އެގޮތުން މިފަދަ ތަކެތި ގެނައުމާއި ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ކާބޯތަކެއްޗާއި ކުނިވާ ޒާތުގެ ތަކެތި ގެނައުމަކީ މަނާ ކަމެކެވެ. މިތަކެތި ބޭނުންކޮށްގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ހިންގުމަކީ ވެސް މަނާކަމެއް ކަމަށް މިކެމްޕޭންގެ އުސޫލުތައް ބުނެއެވެ.
އެޗްޑީސީން ވަނީ ތަކެތި ގެންނައިރު އެކަންކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު