މިދިޔަ ޖެނުއަރީމަހުގެ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 95.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖެނުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 95.1 މިލިއަން ރުފިޔާ ލިބިފައިވާއިރު އެންމެ ގިނަ ފައިސާ ލިބުނީ ކ. އަތޮޅުންނެވެ. އެގޮތުން ކ. އަތޮޅުން ގްރީން ޓެކުހުގެ ގޮތުގައި ޖެނުއަރީމަހު 30 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އދ. އަތޮޅުން ގްރީން ޓެކުހުގެ ގޮތުގައި 9.5 މިލިއަން ރުފިޔާ ލިބިފައިވާއިރު 3 ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 7.7 މިލިއަން ރުފިޔާ ލިބުނު ރ. އަތޮޅުންނެވެ.

އެންމެ މަދުން ގްރީން ޓެކްސް ލިބުނު އަތޮޅުތަކަކީ ފުވައްމުލައް ސިޓީއާއި، ތ. އަތޮޅު އަދި ފ. އަތޮޅުންވެ. ފުވައްމުލައް ސިޓީއަށް ލިބުނީ 5984 ރުފިޔާއެވެ. ތ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި 344301 ރުފިޔާ ލިބިފައިވާއިރު، ފ. އަތޮޅުން ޖެނުއަރީމަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 378417 ރުފިޔާއެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސް ޖަމާކުރާ ފަންޑެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން