ތޯތޯ ވާހަކަތަކަށް ހެއްލޭ ވަރަށްވުރެ އެމްޑީޕީ މެމްބަރުން މާ ގަދަކަން ތިލަދުންމައްޗަށް ކުރި ދަތުރުން އެނގިގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާ ބަންދުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ކެމްޕޭން ދަތުރެއްގައި ތިލަދުންމަތީގެ ބައެއް ރަށްރަށައް ވަޑައިގެން ކެމްޕޭން ކުރައްވާފައެވެ. އެ ދަތުރާ ގުޅިގެން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ބޮޑުތިލަދުންމަތީގެ އެމްޑީޕީގެ ބިޔަ ލަޝްކަރު ކީ މަރުހަބާ އަދި ބައްދަލުވެ ދެކެވުނު ވާހަކަތަކުން، އެމްޑީޕީގެ މެންބަރުންނަކީ ތޯތޯ ވާހަކަތަކަށް ހެއްލޭ ވަރަށްވުރެ މާގަދަ ބައެއްކަން އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ އެމްޑީޕީ ހިންގާލަން ލިބުނު އިތުރު ހިތްވަރެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.



މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވި ނަމަވެސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެޕާޓީން ބޭރުކުރަން ބަޔަކު އުޅޭ ކަމަށް ވިދާޅުވެ ފައްޔާޒަށް ނިސްބަތް ކުރަށްވައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒާ ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރަށްވާ ތުހުމަތު ތަކަށް ފައްޔާޒު ވަނީ ރައްދު ދެއްވާފައެވެ. ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ކައިރި މުސްތަގުބަލެއްގައި ވެސް ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރެވޭނެ ވަރުގެ ބޭފުޅަކު އެ ޕާޓީއަށް ނާންނާނެ ކަމަށެވެ. މިއީ އަބަދުވެސް އިންތިހާބުތަކުގައި ދައްކާ ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ކެމްޕޭނުގެ އުކުޅެއް ގޮތަށް އަޅުގަނޑު ބަލައިގަންނަނީ." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު މިމޭރުމުން ވިދާޅުވެފައި ވަނިކޮށް ރައީސް ނަޝީދުވެސް ވަނީ އިންތިގެ އެ ތުހުމަތު ތަކަށް ބާރުދެއްވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝީދުވެސް ވަނީ އެމަނިކުފާނު ޕާޓީން ބޭރުކުރަން ބަޔަކު އުޅޭ ކަމަށް ތުހުމަތު ކުރަށްވައި އިންތި ދެއްކެވި ވާހަކަ ތަކުރާރު ކުރަށްވައި ފައްޔާޒުގެ ކްމެޕޭން ޓީމުގައި އިސްކޮށް އުުޅުއްވާ ބައެއް ބޭފުޅުންނަށް ބަހުގެ ހަމަލާތައް ވެސް ދެއްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު


8

ޔމ

29-Mar-2022

އިންޝާއައްލާހް. ވަރަށް އަވަހަށް އޑޕ ގެ ވެރިކަން ނިމޭނެ