މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށްފަހު ފުރަތަމަ ފަހަރަށް ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ދީދީ އާއްމުންނާއެކު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސި ގޮތުން ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަވި މެޑަމް ފާތުން ގިނަ ދުވަސްތަކަކަށްފަހު ފެނިގެންދިޔައީ ހުޅުމާލޭގައި އުޅޭ ޕީޕީއެމް ސަޕޯޓަރުން އެކަމަނާގެ ޝަރަފުގައި ބޭއްވި ފަރިއްކޮޅަކުންނެވެ.
މެޑަމް ފާތުންނަކީ ހުޅުމާލޭގައި އުޅޭ ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވަވަމުން ގެންދެވި ބޭފުޅަކަށްވާއިރު، މި ބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުން ވަނީ ގިނަ ދުވަސްތަކަކަށްފަހު މެޑަމް ފާތުންނާ ބައްދަލުވުމުން އެމީހުންނަށް ކުރެވުނު އިހުސާސްތައް ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އެކަމަނާ ކޮށްދެއްވި އެކި ހިދުމަތްތައް މީހުން ފާހަގަކުރިއެވެ.
ގިނަ ދުވަސްތަކަކަށްފަހު މެޑަމް ފާތުން ޕީޕީއެމްގެ މެމްބަރުންނާއެކު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވިއިރު، ރައީސް ޔާމިންވެސް ގެންދަވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި ވަރަށް ގިނައިން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު