ގދ. ތިނަދޫގައި 1962 ވަަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުތަކަށްފަހު އެރަށް ފަޅުކޮށްލި މައްސަލައިގައި އިންތިޤާލީ އިންސާފުގެ އޮފީހުން ކުރިއަށްގެންދިޔަ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
ތިނަދޫން މީހުން ބާލާފައިވަނީ ނިޒާމީ ސިފައެއްގައި ދައުލަތުގެ އިދާރާއަކުން ރާވައިގެން ކަމަށްބުނެ އެ މައްސަލަ ހުށަހަޅާފައިވަނީ އެ ރަށު ކައުންސިލުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ފަށާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
3 ދުވަހަށް ކުރިޔަށް ގެންދިޔަ އަޑުއެހުންތަކުގައި ގާތްގަނޑަކަށް ވިއްސަކަށް މީހުން ބަޔާން ދީފައިވާ ކަމަށާއި، އެ މައްސަލައިގައި ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހު މާލޭގައި ބާއްވާ އަޑުއެހުންތައްކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުނެއެވެ.
ތިނަދޫގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި ބަޔާން ދިން މީހުން ވަނީ އެމީހުންނަށް އަޑުއިވިފައިވާ ވާހަކަތަކާއި ފެނުނުކަމަށް ބުނާ ބައެއް މަންޒަރުތަކުގެ ވާހަކަ ދައްކާފައެވެ.
މިމައްސަލައިގެ އަޑުއެހުންތަކަކީ މައްސަލައިގެ ތަހުގީގަށް އެއް ކުރާ މައުލޫމާތު ކަމަށާއި އޭގެފަހުން ސުލްހަވެރިކަމާއެކު މައްސަލަ ކުރިޔަށް ގެންދިޔުމަށް މީޑިއޭޝަން މަރުހަލާ އޮންނާނެކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު