ތަޖުރިބާ ހޯއްދެވުމުގެ ދަތުރެއްގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުން އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެެވެ.
މަޖިލީހުން ބުނީ މިއީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތައް ދިރާސާކުރުމުގައި އިނގިރޭސިވިލާތުގެ މާލިއްޔަތު ކޮމިޓީ ގެންގުޅޭ މިންގަނޑުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތަޖުރިބާ ހޯދުމަށް ކުރާ ދަތުރެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މެމްބަރުންނަށް އިތުރު ތަޖުރިބާ ލިބިވަޑައިގަންނަވާނެކަމަށްވެސް މަޖިލީހުން ބުނެއެވެ.
މާލިއްޔަތު ކޮމިޓީގައި 13 މެމްބަރުން ތިއްބަވާއިރު މެންބަރުންގެ މިދަތުރާ ގުޅޭ ކަންކަން ކުރިއަށް ގެންދަނީ ވޯލްޑް ބޭންކްގެ އެހީގައި ކަމަށް މަޖިލީހުން މައުލޫމާތު ދެއެވެ. ނަމަވެސް މެމްބަރުން ޔޫކޭއަށް ކުރައްވާ ދަތުރުގެ އިތުރު ތަފްސީލެއް ނުދެއެވެ.
ތަޖުރިބާ ހޯއްދެވުމުގެ ދަތުރެއްގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުން އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހުނުއިރު، މީގެކުރިން އެހެން ބައެއް ކޮމިޓީތަކުގެ މެމްބަރުންވެސް ތަޖުރިބާ ހޯއްދެވުމުގެ ދަތުރުތަކުގައި އެކި ގައުމުތަކަށް ވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު