އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހްމީ، އިންތިއާއި އޭނާގެ ޓީމަށް މިދިޔަ 16 އަހަރު ޕާޓީ ހިންގުމަށް ނުކުރެވުނު މަސައްކަތެއް މިހާރު އިތުރަށް ކުރެވޭނެތޯ ވިދާޅުވެ ޗެއަރޕާަސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ފައްޔާޒް މިފަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައި މިފަނީ ޗެއަރޕާސަން އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޟް ވިދާޅުވީ ޗެއަރޕާސަން އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މިހާތަނަށް 60 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައިވާކަމަށެވެ. ނަމަވެސް އެއްވެސް ރަށެއްގައި ޕާޓީގެ މަސައްކަތް ހިންގާނެ ޖަގަހައެއްވެސް ނެތްކަން ފާހަގަވިކަމަށާއި، އެމަނިކުފާނު ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންފިނަމަ އެކަންކަން ބަދަލުކުރައްވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެެ.

"އަޅުގަނޑާއި ވާދަކުރައްވާ ބޭފުޅާއާއި އެ ބޭފުޅާގެ ޓީމަކީ މިދިޔަ 16 އަހަރު އެކަން ހަވާލު ކުރެވިފައި ތިބި ބޭފުޅުން. އެ ބޭފުޅުންނަށް އޭރު ނުވިކަމެއް މިހާރު ވާނެކަމަށް ގަބޫލުފުޅު ކުރެއްވުމަކީ ތިބޭފުޅުންގެ ކަމެއް." ފައްޔާޒް ވިދާޅުވިއެވެ.



އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ދެ ފަރާތުންވެސް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މި އިންތިހާބަކީ ރައީސް ސާލިހާއި ރައީސް ނަޝީދަށް ތާއީދުކުރާ ދެ ފެކްޝަންގެ މެދުގައި ކުރިއަށްދާ އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. އަދި ޗެއަރޕާސަންގެ އިންތިހާބުން ނިކުންނަ ނަތީޖާއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ބުރަވާނެ ގޮތް ކަމުގައިވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

އިންތިހާބުގެ ކެމްޕޭންގެ ވާދަވެރިކަން އިތުރަށް ހޫނުވެގެން ދާން މެދުވެރިވީ އިންތިގެ ޓީމުން ދެމުންގެންދާ ބަހުގެ ހަމަލާތަކުގައި ރައީސް ނަޝީދުވެސް ބައިވެރިވެ ވަޑައިގެން ފައްޔާޒުގެ ޓީމުގެ ބޭފުޅުންނަށް ރައްދު ދެއްވައި ބަހުގެ ހަމަލާތައް ދެއްވަން ފެއްޓެވުމުންނެވެ. ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި ރައީސް ނަޝީދު މިހާރު ބޭނުން ކުރަށްވާ އުކުޅަކީ ފައްޔާޒު އިންތިހާބު ކާމިޔާބު ކުރަށްވާނެކަން ކަށަވަރުވުމުން ބޭނުންކުރަށްވާ މެންބަރުންގެ ލޭ ކައްކުވައި ޖަޒުބާތުގައި ޖެއްސެމުގެ އުކުޅެވެ.



ކިޔުންތެރިންގެ ހިޔާލު


9

މިކަންމިގޮތަށް

29-Mar-2022

އަންނިއަށް ޝުކުރު ދެންނެވުމާއެކު ދަންނަވަން ބޭނުންވަނީ މައުމޫނުގެ ދިގު 30 އަހަރަކީ ކުރު 30 އަހަރަށް ބަދަލު ކުރައްވަން ނޫޅުއްވައި ޕާޓީގެ ހައްގުގައި ފަހަތަށް ޖެހިވަޑައިގެން ސަޕޯޓް ކުރައްވާށޭ. ޕާޓީ ހަލާކުވާން ފުރުސަތު ނުހުޅުވާށޭ. 16 އަހަރުގެ މަސައްކަތް ފެނަށް ދުއްވާނުލާށޭ.