ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަމައްމަދު ސާލިހު އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.
"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިހު މިހަފްތާގެ ތެރޭގައި މި ދަތުރުފުޅުގައި ފުރާވަޑައިގަންނަވާނެއެވެ. ނަމަވެސް މިދަތުރުފުޅުގައި ރައީސް ފުރާވަޑައިގަންނަވާނެ ތާރީހު ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އައްޑޫ އާއި ފުވައްމުލަކަށް ފުރާވަޑައިގަންނަވަނީ އަންނަ ހަފްތާގެ ކުރީކޮޅުއެވެ.
ރައީސުލްޖުމްހުރިއްޔާ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގައި ގާއިމްކޮށްފައިވާ ޕޮލިސް އެކެޑަމީ ހުޅުވައިދެއްވާނެއެވެ.
ރާއްޖޭގެ ތަންފީޒީ އިދާރާތަކަށް ޚާއްސަކުރެވިގެން ހަދާ ޕޮލިސް އެކެޑަމީގައި، 340 މީހުންނަށް އެއްފަހަރާ، އެތަނުގައި ތިބެގެން ތަމްރީނު ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެތަނުގައި ސިއްޙީ ފަރުވާދޭނެ ތަންތަނާއި ކުޅިވަރާއި ތަމްރީނުތަކަށް، 800 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމަކާއި، ބާސްކެޓު، ޓެނިސް އަދި ފުޓްބޯޅަ ގްރައުންޑަކާއިިއެކު، 400 މީޓަރުގެ ދުވާ ޓްރެކެއް ވެސް ހިމެނެއެވެ. އަދި ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއްވެސް އޮންނާނެއެވެ. މީގެ އިތުރުން ކިޔަވައި ދިނުމަށް 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ކުލާސް ރޫމްތައް ވެސް އެތަނުގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު