132 މީހުންނާއެކު ދަތުރުކުރަމުންދިޔަ ޗައިނާ އީސްޓަން އެއަރލައިންސްގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދު ﷲ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.



މީސް މީޑއާގައި އާންމު ކުރެއްވި މި މެސެޖުގައި ޝާހިދު ވަނީ 132 މީހުންނާއެކު ދަތުރުކުރި މަތިންދާ ބޯޓު ވެއްޓުނު ހާދިސާއާމެދު ވަރަށް ބޮޑަަށް ހިތާމަކުރައްވާކަން ހާމަކުރަށްވާފައެވެ. އަދި މިހާދިސާގައި ބޯޓުން ދަތުރުކުރި ފަރާތްތަކުގެ އާއިލާތަކަށް ވެސް ޝާހިދު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.



ބޮއިން ކުންފުނީގެ 737 މަރުކާގެ މި މަތިންދާބޯޓު ވެއްޓުނީ ޗައިނާގެ ކުންމިންގުން ދަތުރުކުރަނިކޮށް އެ ޤައުމުގެ ވޫޒުހޯ ސިޓީ ކައިރިއަށެވެ. އެ މަތިންދާބޯޓު ވެއްޓުމާއެކު އޭގައި ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ. އެ މަތިންދާބޯޓު ވެއްޓުނު ސަބަބެއް ނޭނގޭއިރު ބައެއް ފަރާތްތަކުން ބުނަނީ ބޯޓް ވެއްޓުނީ ފަރުބަދައެއްގައި ޖެހިގެންކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކު ސާލާމާތްވިިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު