ހިޔާ ފުލެޓުތަކުން އުކާލާ ގާކުނި ނެގުން އެޗްޑީސީން ހުއްޓާލަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ހިޔާ 7000 މަޝްރޫއުގެ ފުލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލުގައި ބަޔާން ކުރެވިފައިވާ ފަދައިން، ހިޔާ ފުލެޓު ތަކުގައި މަސައްކަތް ކުރަމުންދާ ގޭބިސީން އުފެދޭ ގާކުނި އަދި އެފަދަ އެހެނިހެން ކުނި އުކުމަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅި، އެކުނިތައް އުކާލުމުގެ އިންތިޒާމް ބަލަހައްޓަމުން ގޮސްފައިވަނީ އެކޯޕަރޭޝަންގެ ފަރާތުންކަމަށެވެ. ނަމަވެސް، 31 މާރޗް 2012 އިން ފެށިގެން މިމަސައްކަތް ހުއްޓާލުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ 1 އޭޕްރިލް 2012 އިން ފެށިގެން ގާ ކުނި ޒާތުގެ ކުނި އުކާލަންޖެހޭނީ އެ ފުލެޓެއްގެ ވެރިފަރާތުން އެކަމަށް ޚާއްސަ ކުރެވިފައިވާ މުއައްސަސާތަކާއި ގުޅިގެންކަމަށެވެ. އެހެން ކަމުން 1 އޭޕްރިލް 2012 އިން ފެށިގެން ހިޔާ ފްލެޓް ސަރަހައްދުތަކަށް އެފަދަ ކުނި އެޅުމަކީ މަނާ ކަމެއް ކަމުގައި ކަނޑައަޅާ އެޗްޑީސީން ވަނީ އެކަން އާއްމުކޮށް އިއުލާން ކޮށްފައެވެ.

މީގެއިތުރުން، ފުލެޓުތަކުގައި މަސައްކަތް ކުރަމުންގެންދާ ފަރާތްތަކުން 31 މާރޗް 2022ގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު