ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓް ހެކްކޮށްފިކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.

އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން މިއަދު ހެނދުނު ޓްވީޓްތަކެއް ކޮށްފައިވާއިރު، އެ ޓްވީޓްތަކުގައި ވަނީ ރައީސް ނަޝީދަށް ހަޑިހުތުރު ބަހުން މުހާތަބުކޮށްފައެވެ.

"ރަސް އޮންލައިން"އަށް ރަައީސް އޮފީހުގެ އޮފިޝަަލަކު ވަނީ އަލީ ޒާހިރުގެ އެކައުންޓް ހެކްކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އެ މަަައްސަލަ މިހާރު ފުލުހަށް ހުށައަޅާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓު ހެކްކޮށްގެން މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަމުގައި ދެބަޔަށް ބެހިފައިވާ އެމްޑީޕީގެ ދެ ފެކްޝަނުން ގެންދަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ވެސް ބަދަލުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު