ޓްވިޓަރ އެކައުންޓްގެ މިއަދު ބަޔަކު ހެކްކުރި ކަމަށާއި، ނަމަވެސް މިހާރު ޓްވިޓަރ އެކައުންޓްގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން މިއަދު ހެނދުނު ޓްވީޓްތަކެއް ކޮށްފައިވާއިރު، އެ ޓްވީޓްތަކުގައި ވަނީ ރައީސް ނަޝީދަށް ހަޑިހުތުރު ބަހުން އެއްޗެތި ގޮވާފައެވެ.
މިކަމާއި ގުޅިގެން އަލީ ޒާހިރު ވިދާޅުވީ އޭނާގެ ޓްވިޓަރ އެކައުންޓް ބަޔަކު ހެކްކުރީކަމަށެވެ. ނަމަވެސް މިހާރު އެކައުންޓް އޭނާއަށް ލިބިފައިވާކަމަށާއި، އަދި ސަލާމަތީ ފިޔަވަޅުތައްވެސް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ މިއީ އޭނާ އެމްޑީޕީގެ އިންތިހާބަށް ނުފޫޒު ފޯރުވާކަން ދެއްކުމަށް ބަޔަކު ގަސްތުގައި ކުރިކަމެއްކަމަށެވެ.
އަލީ ޒާހިރުގެ ޓްވިޓަރ އެކައުންޓް ހެކްކޮށްގެން ކޮށްފައިވާ ޓްވީޓްތަކުގެ ސްކްރީން ޝޮޓް ނަގައިގެން، އެމްޑީީޕީީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަށްވާ އިމްތިޔާޒް ފަހުމީގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ގެންދަވަނީ މީއެޓްވީޓްތައް ސްމީޑިއާގައި ދައުރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު