ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ފެށުމަށް ނިއްމި އައިހެވަން މަޝްރޫއުގެ ނަފާވެރިކަން ގައުމަށް ނައިސްގެން އުޅެނީ ކީއްވެގެންތޯ ސަރުކާރާ ސުވާލުކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިހެން ވިދާޅުވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރެއް މަޖިލީހުގައި ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގެ ބަހުސްގައި ވާހަަކަ ދައްކަވަމުންނެވެ.
ހއ. އަތޮޅުގައި ހިމެނޭ އިހަވަންދިއްޕޮޅުގައި އާގުބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހުށައެޅި ގަރާރުގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމަޝްރޫއަކީ މުޅި ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް އަންނާނެ ވަރުގަދަ ތަސައްވުރެެއް ކަމަށެވެ. ޔާމީންގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ކުރިޔަށް ގެންދަން ނިންމި އައިހަވަން މަޝްރޫއަށް ހުރަސް އެޅީ އިންޑިއާއިން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އައިހެވަން މަޝްރޫޢު ހުއްޓުވީ މަޝްރޫއަށް އިންޑިއާ ފިޔަވައި އެހެން ގައުމުތަކުން ރަނގަޅު ސްކޭލްގެ އިންވެސްޓްމަންޓެއް ކުރާ ނަމަ އިންޑިއާ ކަނޑަށް ނުރައްކާތެރި ކަންކަން ކުރިމަތިވާނެ ކަމުގެ ވާހަކަ ދައްކައިގެން ކަމަށެވެ. އެ މަޝްރޫއު ހިންގަން ވަރަށް ގިނަ ގައުމުތަކުން ޝައުގުވެރިކަން ފާޅު ކުރިކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޗައިނާ އާއި މެދުއިރުމަތީގެ ބޮޑެތި ގައުމުތަކުން 100 މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓު ކުރަން ތައްޔާރަށް ތިބި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އިންވެސްޓަރުން އެބަ ބިރުގަނޭ މިއަދު އިންޑިއާގެ ނުފޫޒު ދިވެހިރާއްޖޭގެ ދާހިލީ ކަންކަމަށާއި މާލީ ނިޒާމަށް އޮންނާތީ." ރާއްޖޭގެ މާލީ ނިޒާމަށް ވެސް އިންޑިޔާގެ ނުފޫޒު އޮތްކަން ހާމަކުރައްވަމުން ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު އިވަންދިއްޕޮޅުގައި ބޮޑެތި އާގު ބޯޓު ފަހަރަށް ހިދުމަތް ދޭނެ ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ޕޯޓްގެ މަސައްކަތް ކުރުމަށް ހިސާބުތަކެއް ހެދުމަށްފަހު އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވަނީ ދިގު މުއްދަތެއްގައި ކުރިއަށް ގެންދާ މަޝްރޫއެއްގެ ގޮތުގައި ކަމަށާއި އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީކުރަން ވިސްނަނީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ޖޮއިންޓް ވެންޗާއެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރާއި، ބަންކަރިން ސާވިސްއާއި، ސެކިއުރިޓީ ސާވިސަސްއާއި، ރިއަލް އެސްޓޭޓް ޓޫރިޒަމްގެ އިތުރުން ކުރީގެ ޕްލޭންތައް ވެސް ލައިގެން ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު