ޒިންމާއަދާކުރުމުގައި ނަމޫނާ ދެއްކި ދިވެހި ފުލުހަކަށް މީސްމީޑިއާގައި ޢާއްމުންގެ ތަޢުރީފް އޮއްސާލައިފިއެވެ.
މީސްމީޑިއާގައި މިއަދު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ކުށެއްގެ ތުހުމަތު ކުރެވޭ ޒުވާނަކު އަތުލައިގަތުމަށް ފުލުސްމީހާ ކުރާ މަސައްކަތެވެ. އެގޮތުން ފުލުސްމީހާއަށް ފިލުމަށްޓަކައި އެޒުވާނާ ދުވެފައި ގޮސް ޢިމާރާތެއްގެ ތެރެއަށް ވަނުމުންވެސް ފުލުސްމީހާ ވަނީ އެ ޒުވާނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެޒުވާނާ ފިލުމަށް މަސައްކަތް ކޮށްފައިވަނީ ދުވެފައިގޮސް ޢިމާރާތުގެ ސިޑިން މައްޗަށް އަރައިގެންނެވެ. ނަމަވެސް ފުލުސްމީހާ ވެސް ވަނީ ދޫދިނުމެއްނެތި އޭނާގެ ފަހަތުން ސިޑިން މައްޗަށް އަރައި ޒުވާނާގެ ޓީޝާޓުގެ ގިރުވާނުގައި ހިފައިގެން ސިޑިން ތިރިއަށް ގެންގޮސްފައެވެ. ތުހުމަތުކުރެވޭމީހާ ހައްޔަރުކުރި ވަގުތު ފުލުސްމީހާ ވަރަށްބޮޑަށް ވަރުބަލިވެފައިހުރި ނަމަވެސް ވާޖިބު އަދާކުރުމުގައި ފުލުސްމީހާ ވަނީ ނަމޫނާ ދައްކާފައެވެ.
އެ ވީޑިއޯއާ ގުޅިގެން ފުލުހުން ބުނީ އެއީ އިއްޔެ މެންދުރު ޗާނދަނީ މަގުގައި ހިނގި ހާދިސާއެއްކަމަށެވެ. އެގޮތުން އެއީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފޮށިގަނޑެއް ހިފައިގެން އުޅުނު މީހަކު ފެނިގެން އެމީހާ މަޑުކުރަން އެވަގުތު އެމަގު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން އެދުމުން ފިލަން މަސައްކަތްކުރި މަންޒަރުކަމަށް ފުލުހުންވަނީ ބުނެފައެވެ.
އެވީޑިއޯ މީސްމީޑިއާގައި ދައުރުވަމުންދާއިރު ގިނަބަޔަކު ވަނީ ވާޖިބު އަދާކުރުމުގައި ފުލުސްމީހާ ދެއްކި ކެރުންތެރިކަމަށް ތަޢުރީފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު