ހއ. އުލިގަމަށް އަންނަ ޔޮޓްތަކާއި އުޅަނދުތަކަށް ހިމާޔަތް ދިނުމުގެ ގޮތުން އެ ސަރަހައްދުގައި ހަތިޔާރު ގުދަން ކުރަން ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްދުދެއްވައިފިއެވެ.
އިހަވަންދިއްޕޮޅުގައި އާގު ބޯޓުތައް ބަނދަރު ކުރަން ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމުގެ ތަސައްވުރުގެ އަމަލީ މަސައްކަތް ފެށުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ހުށަހެޅުއްވި ގަރާރު ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެކުލަވާލި ރިޕޯޓްގެ ބަހުސްގައި ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ ބަނދަރުގެ ނަމުގައި އިންޑިއާގެ ހަތިޔާރު ގުދަން ކުރުމުގެ މަސައްކަތެއް ކަމަށެވެ.
ސައީދު އެހެން ވިދާޅުވުމާއެކު، ރައީސް ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވާފައެވެ. އަދި ހއ. އުލިގަމުގައި ހަތިޔާރު ބަހައްޓައި ގުދަން ކުރަން ނިންމައި އެގްރިމެންްޓްއެއްގައި ސޮއި ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވުމާއި ގުޅިގެން، މަޖިލީހުގެ ރަސްމީ ދަތުރެއްގައި އިންޑޮނޭޝިއާއަށް ވަޑައިގެން ހުންނަވާ އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ، މަޖިލީހުގެ ރައީސް އެފަދަ އިތުރުފުޅެއް ހެއްދެވުން ކުށްވެރި ކުރައްވާފައެވެ.
އާދަމް ޝަރީފް ވިދާޅުވީ، ޑިފެންސް މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނެވިއިރު، އެފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރަށްވާފައި ނުވާނޭކަމަށެވެ.
މިއަދުގެ ޖަލްސާގައި މި މައުޟޫގައި މެންބަރު ސައީދު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުންވަނީ ނިޒާމީ ނުކުތާ ނަންގަވާ ސައީދުގެ ވާހަކަތަކަށް ހުރަސް އަޅުއްވައި އެކަން ދޮގުކުރަށްވާފައެވެ.
ސައީދު ވަނީ އެފަދަ އެއްބަސްވުމެއް އޮތްނަމަ މަޖިލީހަށް ގެނަސްދެއްވުމަށްވެސް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު