އެމްޑީޕީގެ ދުވަސްވީ އިސް އެކްޓިވިސްޓެއް ކަމަށްވާ ފަޒީލް، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ލިޔެފައިވާ އަސަރުގަދަ ސިޓީއެއް އޭނާ އާންމު ކޮށްފިއެވެ.
ޓްވިޓާގައި ފަޒީލް އާންމުކުރި މި ސިޓީގައި ރައީސް ނަޝީދަށް މުހާތަބުކޮށް ޕާޓީއާއި ގުޅުންހުރި ވަރަށް މުހިންމު އަދި އަސަރުގަދަ ވާހަކަތަކެއް ލިޔެފައިވެއެވެ.
އެގޮތުން، ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ފަޒީލް ވަނީ އެމްޑީޕީއަށް މިހާރު ކުރިމަތިވެފައި އޮތް ހާލަތާއި ބެހޭގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނީ މިހާރު މިއޮތީ ހަމަ ހަގީގަތުގައިވެސް ވަރަށް ހިތާމަވެރި މާހައުލެއް ކަމަށާއި މިއީ އަމިއްލަފުޅަށް ނެގެޓިވް ވުމާއި ގުޅިގެން ރައީސް ނަޝީދުގެ ޓީމުން އުފެއްދެވި މާހައުލެއް ކަމަށެވެ. ފަޒީލް މިހެން ބުނެފައިވަނީ މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބާ ގުޅުވައިގެން ހިނގަމުންދާ ކަންތައްތަކަށް އިޝާރާތް ކޮށެވެ.
"އެމްޑީޕީގެ މެންބަރުންނަކީ މެހިތަކެއްގެ ގޮތުގައި ލޭބަލް ކުރުމުގެ ދަރަޖައަށް އަދި އެނޫންވެސް ވަރަށްގިނަ ކަންތައްތަކަށް ތިޔަބޭފުޅުން ވެއްޓިވަޑައިގެންނެވީ، ހަމައެކަނި ތިޔަބޭފުޅުން ދެކޮޅު ހައްދަވާ ކެންޑިޑޭޓަކަށް ތާއީދު ކުރަން ނިންމީތީވެ، ހަގީގަތުގައި އަޅުގަނޑުމެން ދުވަހަކުވެސް ނުދެކެން އެމްޑީޕީގެ އެތެރޭގެ ކެމްޕެއިނަކަށް މިފަދަ ނަފްރަތެއް. އަޅުގަނޑު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ ގުޅުނީ، އެ ޕާޓީގެ ފައުންޑަރުން ކަނޑައެޅުއްވި އަސާސްތައް ކަމުގޮސްގެން." ފަޒީލުްގެ ސިޓީގައި ވެއެވެ.
ފަޒީލް ބުނީ، އެމްޑީޕީއަށް އޭނާ ވަނީ ހަމަތަކަކާ އުސޫލުތަކެއް އޮންނާތީ ކަމަށާއި އެއްގޮތަކަށްވެސް ކޮންމެހެން އެއްބޭފުޅަކަށް ތަޢުރީފު ކުރަން ޖެހޭ ޕާޓީއަކަށް ވަންނަންވެގެން ވަނީ ނޫން ކަމަށެވެ. ރައީސް ނަޝީދަށް ނިސްބަތްކޮށް ފަޒީލް ބުނީ، އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް މަޑުމަޑުން އެމަނިކުފާނު ބަދަލުވެފައިވަނީ އެއްއިރެއްގައި އެމަނިކުފާނު ދެކޮޅުހެދި މީހާއަށް ކަމަށެވެ.
ފަޒީލް ބުނީ، ފެނިގެން ދިޔައީ ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވާން ބަޔަކު ދެކޮޅުހެދި ހިސާބުން، އެމްޑީޕީ ލީޑުކުރާ ސަރުކާރެއްކަން ގަބޫލު ނުކުރައްވާ އިދިކޮޅުން ވެސް ނުކުރާވަރުގެ ދަތިތައް ސަރުކާރަށް ކުރަން ފެށިތަން ކަމަށެވެ. އަދި ރައީސް ނަޝީދާމެދު އޭނާގެ މާޔޫސްކަން އިތުރުވީ ފާޅުގައި ރައީސް ޔާމީނާ ގުޅެން ގޮވާލެއްވި ހިސާބުން ކަމަށް ފަޒީލު ބުނެފައި ވެއެވެ.
ފަޒީލްގެ ސިޓީ ނިންމާލަމުން ބުނީ، ތާއީދު ކުރާނީ ކޮން ބަޔަކަށްކަން ކަނޑައެޅުމުގެ ހައްގު ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަކުން ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ޓީމަކަށްވެސް އެ މީހަކީ ޣައްދާރެއްކަމަކަށް ކަނޑައެއް ނޭޅޭނެކަމަށް ވެސް ބުނެފައިވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ވާދަވެރިކަން އިތުރުވެ، މަގާމަށް ވާދަކުރާ އިމްތިޔާޒް ފަހުމީއަށް ތާއީދުކުރާ ޓީމުން ދަނީ ތަކުރާރުކޮަށް ފައްޔާޒަށް އެންޓި ކެމްޕޭން ކުރަމުންނެވެ. އެގޮތުން ފައްޔާޒަކީ ރައީސް ނަޝީދާ ދެކޮޅަށް، އެމަނިކުފާނު ޕާޓީން ބޭރުކުރަން އުޅޭ ބޭފުޅެއްގެ ގޮތުގައި ވެސް އިންތިގެ ޓީމުން އަންނަނީ ސިފަ ކުރަމުންނެވެ. އަދި ރައީސް ނަޝީދުވެސް ގެންދަވަނީ އެވާހަކަތަކަށް ބާރުދެއްވައި މެންބަރުންނަށް އެކަން ވިސްނައި ދެއްވަން މަސައްކަތް ކުރަށްވަމުންނެވެ.

Dear Party President @MohamedNasheed,
— PAX (@MrPhazyl) March 22, 2022
Please stop labelling us as traitors, flies or what else you feel like. Our loyalty is to the party and not that to one individual.
Stop using @waddey_, @mdpshippe and your other minions to create faction within the party by spreading hate. pic.twitter.com/v7us4dvXm7
ފަޒީލް ބުނީ، އެމްޑީޕީއަށް އޭނާ ވަނީ ހަމަތަކަކާ އުސޫލުތަކެއް އޮންނާތީ ކަމަށާއި އެއްގޮތަކަށްވެސް ކޮންމެހެން އެއްބޭފުޅަކަށް ތަޢުރީފު ކުރަން ޖެހޭ ޕާޓީއަކަށް ވަންނަންވެގެން ވަނީ ނޫން ކަމަށެވެ. ރައީސް ނަޝީދަށް ނިސްބަތްކޮށް ފަޒީލް ބުނީ، އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް މަޑުމަޑުން އެމަނިކުފާނު ބަދަލުވެފައިވަނީ އެއްއިރެއްގައި އެމަނިކުފާނު ދެކޮޅުހެދި މީހާއަށް ކަމަށެވެ.
ފަޒީލް ބުނީ، ފެނިގެން ދިޔައީ ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވާން ބަޔަކު ދެކޮޅުހެދި ހިސާބުން، އެމްޑީޕީ ލީޑުކުރާ ސަރުކާރެއްކަން ގަބޫލު ނުކުރައްވާ އިދިކޮޅުން ވެސް ނުކުރާވަރުގެ ދަތިތައް ސަރުކާރަށް ކުރަން ފެށިތަން ކަމަށެވެ. އަދި ރައީސް ނަޝީދާމެދު އޭނާގެ މާޔޫސްކަން އިތުރުވީ ފާޅުގައި ރައީސް ޔާމީނާ ގުޅެން ގޮވާލެއްވި ހިސާބުން ކަމަށް ފަޒީލު ބުނެފައި ވެއެވެ.
ފަޒީލްގެ ސިޓީ ނިންމާލަމުން ބުނީ، ތާއީދު ކުރާނީ ކޮން ބަޔަކަށްކަން ކަނޑައެޅުމުގެ ހައްގު ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަކުން ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ޓީމަކަށްވެސް އެ މީހަކީ ޣައްދާރެއްކަމަކަށް ކަނޑައެއް ނޭޅޭނެކަމަށް ވެސް ބުނެފައިވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ވާދަވެރިކަން އިތުރުވެ، މަގާމަށް ވާދަކުރާ އިމްތިޔާޒް ފަހުމީއަށް ތާއީދުކުރާ ޓީމުން ދަނީ ތަކުރާރުކޮަށް ފައްޔާޒަށް އެންޓި ކެމްޕޭން ކުރަމުންނެވެ. އެގޮތުން ފައްޔާޒަކީ ރައީސް ނަޝީދާ ދެކޮޅަށް، އެމަނިކުފާނު ޕާޓީން ބޭރުކުރަން އުޅޭ ބޭފުޅެއްގެ ގޮތުގައި ވެސް އިންތިގެ ޓީމުން އަންނަނީ ސިފަ ކުރަމުންނެވެ. އަދި ރައީސް ނަޝީދުވެސް ގެންދަވަނީ އެވާހަކަތަކަށް ބާރުދެއްވައި މެންބަރުންނަށް އެކަން ވިސްނައި ދެއްވަން މަސައްކަތް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު