މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދަނޑުވެރިކަމަށް ވެސް އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ބުނެފިއެވެ.
ދަނޑުވެރިކަމާބެހޭ މިނިސްޓްރީން މިއަދު ބުނީ ދަނޑުވެރިކަމުގައި ބޭނުންކުރުމަށް ލިބިފައިވާ ބިމުގެ ސަބަބުންނާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމަށް ވެސް އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން އިރުވައި މޫސުން ދިގުވެ ގަސްތަކަށް ފެންދިނުމަށް ގިނަ އަދަދަކަށް ބިމުން ފެން ނެގުމުގެ ސަބަބުން ބައެއް ރަށްރަށުގެ މީރުފެން ފަށަލަ ލޮނުވެ، ދަނޑުވެރިކަމުގައާއި އާންމު ދިރިއުޅުގައި ބޭނުން ކުރަން އެކަށީގެންވާ ވަރަށް ފެން ނުލިބުމުގެ ދަތިކަން ރަށްރަށަށް ކުރިމަތިވާ މިންވަރު އަހަރުން އަހަރަށް އިތުރުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ކަމަށް ހައްލެއް ހޯދުމަށް ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ދަނޑުވެރިކަމުގައި ބޭނުންކުރަން އެކަށީގެންވާ ފެންދޭ ނިޒާމެއް ތައާރަފު ކުރުމުގެ މަސައްކަތް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
އެގޮތުން، ރާއްޖޭގެ ރަށްރަށަށް ތައާރަފް ކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ އިރިގޭޝަން ޕްރޮގްރާމް އަންގާރަ ދުވަހު ގދ. ހޯނޑެއްދޫގައި ވަނީ އިފްތިތާހް ކޮށްފައެވެ.
އިރިގޭޝަން ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް، ރައްކާކުރެވިފައި ހުންނަ ފެންފޮދު ވީހާވެސް އިސްރާފުކުޑަ ގޮތެއްގައި ބޭނުން ކުރެވޭނެ ނިޒާމެއް ގާއިމްކޮށްދިނުމަށާއި ފެންބޭނުން ކުރުމުގައި ދަނޑުވެރިން ކުރިއަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޕްރޮގްރާމްގައި ޑެމޮންސްޓްރޭޓް ކުރުމަށް 10 ދަނޑެއްގައި އިރިގޭޝަން ސިސްޓަމް ގާއިމްކޮށްދީފައިވެއެވެ. އަދި ރަށުގެ ގިނަ ދަނޑުވެރިންނާއި ޝައުގުވެރިވާ ފަރާތްތައް ހިމެނޭގޮތަށް، އަދި އިރިގޭޝަން ޕްރޮގްރާމްގައި ބައިވެރިވެފައިވާ 10 ފަރާތް ހިމެނޭގޮތަށް، ކަމާގުޅޭ މައުލޫމާތު ސެޝަންތައް އެ ރަށުގައި ހިންގާފައިވެއެވެ.
ރާއްޖޭގައި މި ޕްރޮގްރާމް އެންމެ ފުރަތަމަ އިފްތިތާހުކުރީ ރ. ފައިނުގައެވެ. ފައިނުގައި އިރިގޭޝަން ނިޒާމް ގާއިމުކުރި ދަނޑުތަކުގައި މިހާރު ދަނީ ދަނޑުވެރިން ދަނޑުވެރިކަން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު