ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިންގއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން ބާއްވާފައި ވަނީ އޮންލައިންކޮށެވެ.
ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިބައްދަލުވުމުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށެވެ.
މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ދެ ގައުމުގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ މަޝްވަރާތައް ހިމެނެއެވެ.
ޗައިނާ ސަފީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްތައް ކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ޗައިނާއާއި ރާއްޖެއާ ގާތް ގުޅުމެއް އޮންނައިރު، އެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Very Glad to meet with H.E. Imran Abdullah @ShimranAb, Minister of Home Affairs, exchanging views on strengthening law enforcement cooperation between the two sides. Looking forward to more fruitful collaboration between the two countries! pic.twitter.com/7l3JQtikJX
— Ambassador Wang Lixin (@China_Amb_Mdv) March 23, 2022
މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ދެ ގައުމުގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ މަޝްވަރާތައް ހިމެނެއެވެ.
ޗައިނާ ސަފީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްތައް ކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ޗައިނާއާއި ރާއްޖެއާ ގާތް ގުޅުމެއް އޮންނައިރު، އެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު