ރާއްޖެއަށް މިނިވަންކަން ލިބުނީ އިންޑިއާގެ އެހީތެރިކަމާއެކު 1968 ވަނަ އަހަރުކަމަށް ވިދާޅުވެ ރާއްޖެއަށް މިނިވަންކަން ލިބުނުގޮތާއި ލިބުނު ތާރީޚު އޮޅޭފަދަ މޭރުމަކުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

މިއަދުގެ މަޖިލީގެ ޖަލްސާގައި އިންޑިއާ އައުޓް ގޮވުމާއި ދެކޮޅަށް ގަރާރެއް ހުށަހަޅައިގެން ބަހުސްކޮށްފައިވާއިރު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ ރާއްޖެއަށް މިނިވަންކަން ލިބުނު ގޮތާއި ގުޅޭގޮތުން ތަފާތު ގޮތަކަށް ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ބަލަމުން އަންނަނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ނަމަވެސް ރައީސް ނަޝީދު މިއަދު މަޖިލީހުގައި ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބުނީ 1968 ވަނަ އަހަރުގައި ކަމަށެވެ. އަދި އޭރު ރާއްޖެއަށް މިނިވަންކަން ލިބުނީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެެ.

"ދިވެހިރާއްޖެއަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި 1968 ގައި ފަހުން ކަނޑައެޅި ހަމަޖެހި މިއޮތީ އަޅުގަނޑަށް ދެންނެވޭނީ އިންޑިއާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެންނޭ." މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެެ.

ރާއްޖެއަށް މިނިވަންކަން ލިބުނީ 1968 ވަނަ އަހަރުކަމަށާއި، އަދި އެއީ އިންޑިޔާގެ އެހީތެރިކަމާއެކު ލިބުނު މިނިވަންކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވީ ތާރީހީ ކޮން ލިޔުއްވުމެއްގެ މައްޗަށް ބުރަވެ ވަޑައިގެން ކަމެެއް ވިދާޅެއް ނުވެއެވެ.

ރާއްޖޭގެ މިނިވަންކަމުގެ ތާރީހީ ލިޔުންތައް ހެކިދޭ ގޮތުގައި ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދައިދެއްވި ބާނީންނަކީ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް އިބްރާހިމް ނާސިރާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުންނެވެ. އޭގެތެރޭގައި މަރްހޫމް އަބްދުއްސައްތާރު މޫސާ ދީދީ ފަދަ ގައުމީ ބަތަލުން ފާހަގަކޮށްލެވެއެވެ. އަދި ތާރީޚީ ފޮތްތައް ބުނާ ގޮތުން އެއީ ދިވެހިންގެ މިންނެތް މަސައްކަތުން ހޯދި މިނިވަންކަމެކެވެ. ތާރީހީ އެއްވެސް ލިޔުމެއްގައި ރާއްޖެއަށް މިނިވަންކަން ހޯދައިދޭން އިންޑިއާއިން ކުރި މަސައްކަތެއް ފެންނާކަށެއް ނެތެވެ.



ކިޔުންތެރިންގެ ހިޔާލު


4

އައްބެ

29-Mar-2022

އަހަރެމެން ދިވެހިން ދުނިޔެ އައީ ވެސް އިންޑިޔާގެ އރހީގަ އޭ ބުނެފާނެ މިކަލަމީހުން ….


4

ނުރަބޯ

29-Mar-2022

ރާއްޖެ އަށް އިނގިރޭސިންގެ ކިބައިން މިނިވަން ކަން ލިބުނީ ކޮން ގޮތަކަށްކަން އެއީ އެއްވެސް މީހަކަށް އޮޅުވާ ނުލެވޭވަރަށް ތާރީޚީ ލިޔުން ތަކުން ފެންނަން ހުރި ޙަގީގަތް.


-1

ކަތީބު

29-Mar-2022

ނަޝީދަކީ އެއްޗެއް އެގިގެން އަނގަތަޅާ މީހެއްނޫނޭ...ބަޔަކުމީހުން މާމޮޅު މީހަކަ ހަދައިގެން އުޅުނެއްކަމަކު...


-4

ެަހުމަދު

29-Mar-2022

ބަޔަކުގެ ދަށުވިޔަސް މިވަރު ތަންކޮޅެއް ބޮޑު. ތާރީޚު ގައި ނެތް ކަންކަން އުފައްދާ އޮޅުވާލައިގެން ވެސް މި ޢައްދާރު އެބަ ބަލާ މި ޤައުމު އިންޑިއަށް ވިއްކާލެވޭތޯ. ތިކަމެއް ހަމަ ހިލާ ނުވާނެ. ެެޮެެޮެެޮެެޮެެޮެެޮެެޮެެޮެެޮެެޮެެެެޮެެެެޮެެޮެެޮެެޮެެޮެެ