ފޮޓޯ: ސީއެސްޓީއައި
ފޮޓޯ: ސީއެސްޓީއައި
ހިންގުމުގެ ދާއިރާގެ އިސް މަގާމުތަކަށް އައްޔަން ކޮށްފައިވާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ވިޝަނިން ފޮރ މޯލްޑިވްސް ލީޑަރޝިޕް ޑައިލޮގްސްގެ ވެބިނަރ ސީރީޒްގެ ފުރަތަމަ ސެޝަން ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލްސަރވިސް ޓްރޭނިން އިންސްޓިޓިއުޓާއި ގުޅިގެން ކުރިޔަށް ގެންދާ "އެގްޒެކެޓިވް އެންހޭންސްމަންޓް އެންޑް އެންރިޗްމަންޓް 2021- 2023" ގެ ދަށުން ޔޫއެންޑީޕީއާއި ގުޅިގެން ފެށި މި ވެބިނަރ ސީރީޒް ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައި ޒޫމް މެދުވެރިކޮށެވެ.

މިއަދުގެ ސެޝަން ހާއްސަ ކޮށްފައިވަނީ "ލީޑިން ތްރޫ އަންސާޓަނިޓީ، ސްޓްރެޓެޖިކް ފޮރސައިޓް" މި މައުޟޫގެ މައްޗަށެވެ. ސަރުކާރުގެ އިސްމަގާމުތަކާއި ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ސިޓީ ކައުންސިލްތައް އަދި ރަށު ކައުންސިލްތައް ހިމެނޭގޮތަށް ޖުމުލަ 300 ބައިވެރިންނާއިއެކު ކުރިޔަށްދިޔަ މިއަދުގެ ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދެއްކެވީ ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމެވެ.

މި ވެބިނަރ ފެސިލިޓޭޓް ކޮށްދެއްވީ ޔޫއެންޑީޕީން ކަނޑައެޅުއްވި ކަމާއިބެހޭ ދާއިރާގެ ފަންނީ މާހިރުންނެވެ. ޑައިލޮގް ޑިސްކަޝަން މޮޑަރޭޓް ކުރެއްވީ ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާއެވެ.

ސަރުކާރުން ބުނީ، ވިޝަނިން ފޮރ މޯލްޑިވްސް ލީޑަރޝިޕް ޑައިލޮގްސްގެ ދަށުން ޔޫއެންޑީޕީއާއި ގުޅިގެން ކުރިޔަށް އޮތްތާނގައި ވެސް މިފަދަ ސެޝަންތައް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު