މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިޘާތަކުން އަރައިގަތުމަށް ސަރުކާރުން ކުރާ ހޭދަ އިތުރުވަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ މީޓިއޮރޮލޮޖިކަލް ދުވަހާއި ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބުރަބޮޑުވަމުންދާކަމަށެވެ. އެގޮތުން އަހަރުން އަހަރަށް ކާރިޘާތަކުގެ ސަބަބުން ކުރަންޖެހޭ ހޭދަ އިތުރުވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މެޓު އޮފީހުގެ ވޭތުވެދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ފިނިހޫނުމިން 0.23 ޑިގްރީ ސެލްސިއަސްއަށް މިދިޔަ 10 އަހަރު ތެރޭގައި މައްޗަށް ގޮސްފައިވާކަމަށެވެ. އަދި ވޭތުދެދިޔަ 47 އަހަރަށް ބަލާއިރު ފިނިހޫނުމިން 1.1 ޑިގްރީއަށް މައްޗަށް ގޮސްފައިވާއިރު، މީގެ ސީދާ އަސަރު ދަނޑުވެރިކަމާއި މަސްވެރިކަމަށް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ރާއްޖޭގައި ވާރޭ ފެން ނެގޭނެކަމަށް ލަފާކުރެވޭ ސަރަޙައްދުތައް އިނގޭނެހެން މެޓު އޮފީހުން ތަޢާރަފުކޮށްފައިވާ، މޯބައިލް އެޕްލިކޭޝަނާއި އެއިދާރާގެ އައު ވެބްސައިޓްވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ.
ކޮންމެ އަހަރެއްގެ މާޗްމަހުގެ 23 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ މީޓިއޮރޮލޮޖީ ދުވަހުގެ ގޮތުގައެވެ.
ރާއްޖޭގައި މޫސުމާބެހޭ ޚިދުމަތް ފެށިފައިވަނީ 1940 ވަނަ އަހަރުއެވެ.

Today we are celebrating World Meteorological Day with the launch of our new website and PARH notification added to Moosun App #WorldMetDay #23rdMarch #EarlyWarningEarlyAction @MoEnvmv @anuahsa pic.twitter.com/5fj5nYGJwz
— Maldives Meteorology (@MetMaldives) March 23, 2022
މިނިސްޓަރ ވިދާޅުވީ މެޓު އޮފީހުގެ ވޭތުވެދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ފިނިހޫނުމިން 0.23 ޑިގްރީ ސެލްސިއަސްއަށް މިދިޔަ 10 އަހަރު ތެރޭގައި މައްޗަށް ގޮސްފައިވާކަމަށެވެ. އަދި ވޭތުދެދިޔަ 47 އަހަރަށް ބަލާއިރު ފިނިހޫނުމިން 1.1 ޑިގްރީއަށް މައްޗަށް ގޮސްފައިވާއިރު، މީގެ ސީދާ އަސަރު ދަނޑުވެރިކަމާއި މަސްވެރިކަމަށް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ރާއްޖޭގައި ވާރޭ ފެން ނެގޭނެކަމަށް ލަފާކުރެވޭ ސަރަޙައްދުތައް އިނގޭނެހެން މެޓު އޮފީހުން ތަޢާރަފުކޮށްފައިވާ، މޯބައިލް އެޕްލިކޭޝަނާއި އެއިދާރާގެ އައު ވެބްސައިޓްވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ.
ކޮންމެ އަހަރެއްގެ މާޗްމަހުގެ 23 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ މީޓިއޮރޮލޮޖީ ދުވަހުގެ ގޮތުގައެވެ.
ރާއްޖޭގައި މޫސުމާބެހޭ ޚިދުމަތް ފެށިފައިވަނީ 1940 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ހިޔާލު