އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލަށް ތާއީދު ކުރެއްވީ އެމްޑީޕީން އާއިލީ ބާރު ކަނޑުވާލަން ކެރިގެން ތެދުވީމާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ފައްޔާޒަށް ތާއީދު ކުރައްވާކަން ތަކުރާރު ކުރަށްވަމުން ރީކޯ މިއަދު ވިދާޅުވީ، އޭނާ ފައްޔާޒަށް ތާއީދުކުރެއްވި އެންމެ ބޮޑު ސަބަބަކީ މިހާތަނަށް އެމްޑީޕީގެ އިސް ސަފުގާ ރައީސް ނަޝީދާ ހިޔާލު ތަފާތުވި އެންމެން ޕާޓީން ބޭރުކޮށްލިގޮތަށް އެ ޖާގަ ނުދީ، ފައްޔާޒުގެ އިތުބާރު ނެތްކަމަށް ހުށަހެޅީމާވެސް ސާބިތުކަމާއެކީ އެމްޑީޕީން އާއިލީ ބާރު ކަނޑުވަން ކެރިގެން ތެދުވީމާ ކަމަށެވެ.
ރީކޯގެ ވާހަކައިގައި އާއިލީ ބާރުކަމަށް ނިސްބަތް ކޮށްފައިވަނީ ރައީސް ނަޝީދުގެ އާއިލާއަށްކަމަށް ޔަގީންވެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެފައިވާ މިދަނޑިވަޅުގައި ރީކޯ މިއަދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ މާޒީއަށް ބަލާއިރު ޕާޓީގެ ގިނަ ސަޕޯޓަރުންގެ ތާއީދު ލިބުނު ވެރިންތައް ޕާޓީން ބޭރުކޮށްފައިވާ ކަމަށެވެ. އަދި އެބޭފުޅުން ޕާޓީން ބޭރުކުރުމަށް ރައީސް ނަޝީދު އެ މީހުންގެ ބޮލުގައި އެޅުވި އިލްޒާމަކީ ޕާޓީ ފިތުނަ ކުރުންކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، އިންތިހާބުގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުގެ ފަރާތުންވެސް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މި އިންތިހާބަކީ ރައީސް ސާލިހާއި ރައީސް ނަޝީދަށް ތާއީދުކުރާ ދެ ފެކްޝަންގެ މެދުގައި ކުރިއަށްދާ އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު