ފޮޓޯ: އެމްޑީޕީ
ފޮޓޯ: އެމްޑީޕީ
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރަށްވާ ޝަފާތު "ބޯވަ" އަކަށްނުވެ އެމަގާމަށް ވާދަކުރަށްވާ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒޭނާ އާދަމް ބޯވައަކަށް ވާންވީ ގޮތެއް ގަބޫލު ނުކުރެއްވޭކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އެމަގާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި އިމްތިޔާޒު ފަހުމީގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފައެވެ.

އެގޮތުން، ފައްޔާޒަށް ތާއީދު ކުރައްވާ، ކުރިން އެހެން ޕާޓީތަކުގައި އުޅުނު މީހުންނަކީ "ބޯވަ" ތަކެއްގެ ގޮތުގައި އިންތިގެ ޓީމުން އަންނަނީ ސިފަ ކުރަމުންނެވެ.

އެކަމާއި ގުޅިގެން ފައްޔާޒަށް ތާއީދު ކުރައްވާ މޫކޭ، ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރޮޒޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2013 ގެ އިންތިހާބުގައި އެމްޑީޕީއަށް އެންމެ ބޭނުންވި ވަގުތުގައި ކަމަަށެވެ. އަދި އޭރު ގުޅިވަޑައިގެންނެވި ގޮތަށް ރާއްޖޭގެ އެންމެ ގިނަ ރަށްރަށަށް ކެމްޕޭނުގައި ވަޑައިގެން އެންމެ ގިނަ ބައެއްގެ އަޑުއެއްސެވި ބޭފުޅަކަށް ރޮޒޭނާ ވާނެކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ، އެއާއި ހިލާފަށް އަންހެނުންގެ ރޫހުގެ ރައީސާއަކަށް އިންތި ފެކްޝަނުން ކުރިމަތިލާފައިވާ ޝަފާތަކީ 2017 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

އެހެންކަމަށްވާއިރު ޝަފާތު ބޯވައަކަށްނުވެ ރޮޒޭނާ ބޯވައަކަށް ވާންވީ ސަބަބެއް އެއްގޮތަކަށް ވެސް ވިސްނިވަޑައި ނުގަންނަވާކަމަށް މޫކޭ ވިދާޅުވިއެވެ.

ދާދިފަހުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވަނީ އެމްޑީޕީއަށް އެހެން ޕާޓީތަކުން ވަންނަ މީހުންނަކީ ބޯވަތަކެއްކަމަށް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން އެޕާޓީގެ ގިނަ މެންބަރުންގެ ފާޑުކިޔުން އޭނާއަށްވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ގަބޯ

29-Mar-2022

އިބޫ ވެރިކަމައް އައިފަހުން ސޮއިކޮއްފަތިބޭނީ ބޯވަ،އޭގެމީހުން އެބަތިބިމެންބަރުންނައްވެސް،އިކުރާމު،ޔާސިރު،ރާއީ،ފިއްޓޭ،ރާޑޯ،މިހެންގޮސް އެތައްބައެއް އެބަތިބި އެމީހުން އެމްޑީޕީ އައްޖޮއިންކުރިޑޭޓުބަލާބަލަ މޫކޭ