ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހިންގާ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓު ލިމިޓެޑުގެ އެކައުންޓް ބަންދުކޮށް އެ އެކައުންޓްގައި ހުރި ފައިސާ ހަވާލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހިންގާ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓު ލިމިޓެޑުން ބުނީ، އެ ކުންފުނީގެ އެކައުންޓް ބީއެމްއެލުން ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެކައުންޓް ބަންދުކޮށް އެ ކުންފުނީގެ އެކައުންޓްގައި ހުރި ފައިސާ ކުންފުންޏާ ހަވާލު ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބީއެމްއެލުން އެފައިސާ ހަވާލުކޮށްފައިމިވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓު ލިމިޓެޑުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ބީއެމްއެލްގެ މައްޗަށް ދަޢުވާއުފުލައި ސިވިލް ކޯޓަށް މައްސަލަ އެއް ހުށައަޅާފައިވަނިކޮށެވެ.
ސިވިލް ކޯޓުން މިހާރު ވަނީ އެމައްސަލަ ބަލައިގެންފައެވެ. މިމައްސަލައިގައި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓު ލިމިޓެޑުން ބުނެފައިވަނީ އެކުންފުނީގެ އެކައުންޓްތައް ފްރީޒްކުރީ ގާނޫނީ އެއްވެސް ސަބަބެއް ނެތި ކަމަށާއި އެހެންކަމުން އެކުންފުނީގެ އެކައުންޓްތައް ދޫކޮށްލައި އެ މައްސަލައިގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައި ދިނުމަށެވެ.
ބީއެމްއެލުން އަލްހާންގެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފައިވާއިރު ފުލުހުންވެސް ވަނީ ވަކި ކުންފުންޏެއްގެ ނަން ހާމަނުކޮށް ޕޮންޒީ ސްކީމެއްގެ މައްސަލަ ބަލަމުންދާކަމަށް ބުނެފައެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނީ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިންކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
ފުލުހުންވެސް މިހާރު ގެންދަނީ އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުންނެެވެ. އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ މީގެ ކުރިން ވިދާޅުވީ ފައިސާ ހިފެެހެއްޓުމުން 15 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން އެކުންފުންޏަށް ވެފައިވާ ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސުން ފައިސާ ދޫނުކޮށްފިނަމަ ފައިސާ ހޯދަން މުޒާހަރާއެއް ކުރާނެ ކަމުގެ އިންޒާރު ވެސް އަލްހާން ވަނީ ދެެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު