ގދ. ތިނަދޫގައި 1962 ވަަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުންތަކަށްފަހު އެރަށް ފަޅުކޮށްލި މައްސަލައިގައި އިންތިޤާލީ އިންސާފުގެ އޮފީހުން ކުރިއަށްގެންދާ މައްސަލައިގެ މާލޭގައި ބާއްވާ އަޑުއެހުންތައް ފަސްކޮށްފިއެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިން ހަމަޖައްސާފައި އޮތީ ތިނަދޫއިން މީހުން ބޭލި ހާދިސާއާއި ގުޅިގެން މާލޭގައި ބާއްވާ އަޑުއެހުންތައް މިމަހުގެ 27 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް އެކަށީގެންވާ މިންވަރަށް ބަޔާންދޭނެ މީހުން ނެތުމުން އަޑުއެހުން ކެންސަލްކޮށްފައިވާކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނެއެވެ. އަދި މާލޭގައި ބާއްވާ އަޑުއެހުންތައް ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާނެ ކުރާނެކަމަށް އެއޮފީހުން ވަނީ ބުނެފައެވެ.
ގދ. ތިނަދޫގައި 1962 ވަަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުތަކަށްފަހު އެރަށް ފަޅުކޮށްލި މައްސަލައިގައި އިންތިޤާލީ އިންސާފުގެ އޮފީހުން ތިނަދޫގައި ކުރިއަށްގެންދިޔަ އަޑުއެހުންތައް ވަނީ މިމަހުގެ 21 ވަނަ ދުވަހު ނިންމާލާފައެވެ.
ތިނަދޫން މީހުން ބާލާފައިވަނީ ނިޒާމީ ސިފައެއްގައި ދައުލަތުގެ އިދާރާއަކުން ރާވައިގެން ކަމަށްބުނެ އެ މައްސަލަ ހުށަހަޅާފައިވަނީ އެ ރަށު ކައުންސިލުންނެވެ.
3 ދުވަހަށް ކުރިޔަށް ގެންދިޔަ އަޑުއެހުންތަކުގައި ގާތްގަނޑަކަށް ވިއްސަކަށް މީހުން ބަޔާން ދީފައިވާ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުނެއެވެ.
ތިނަދޫގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި ބަޔާން ދިން މީހުން ވަނީ އެމީހުންނަށް އަޑުއިވިފައިވާ ވާހަކަތަކާއި ފެނުނުކަމަށް ބުނާ ބައެއް މަންޒަރުތަކުގެ ވާހަކަ ދައްކާފައެވެ.
މިމައްސަލައިގެ އަޑުއެހުންތަކަކީ މައްސަލައިގެ ތަހުގީގަށް އެއްކުރާ މައުލޫމާތު ކަމަށާއި އޭގެފަހުން ސުލްހަވެރިކަމާއެކު މައްސަލަ ކުރިޔަށް ގެންދިޔުމަށް މީޑިއޭޝަން މަރުހަލާ އޮންނާނެކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު