ވަޅި ހިފައިގެން ވަދެ، ބިރު ދެއްކުމަށްފަހު އައްޑޫ ސިޓީގެ ފިހާރައަކުން ފައިސާތަކެއް ފޭރިގެންފިއެވެ.
މި ހާދިސާގެ ވީޑިއޯއެއް އާއްމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ 2 އަންހެނުން ތިބި ފިހާރައަކަށް ވަޅިއެއް ހިފައިގެން ހުރި މީހަކު ވަދެ ބިރުދައްކައިގެން ފޭރޭ މަންޒަރެވެ. ނަމަވެސް އޭނާ ގެންދިޔައީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ނޭނގެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ހިނގާފައިވަނީ މިއަދު މެންދުރުފަހު 3:00 ހާއިރުއެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ބިރު ދައްކައިގެން ފޭރުނު މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމާއި ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ނުބުނެއެވެ.
ރާއްޖޭގައި ފަހަކަށް އައިސް މާރާމާރީ، ފޭރުން އަދި ވައްކަންކުރުން އިންތިހާއަށް ވަނީ އިތުރުވެފައެވެ. އަދި މިކަންކަމާއި ގުޅޭގޮތުން ތަންފީޒީ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

🚨#Breaking: Addu City Elfin Cosmetics fihaara ah moonu nivaa koggen huri meehaku valhi eh hifaigen vadhe feyrijje!
— #MvCrisis (@MvCrisis) March 24, 2022
Ithuru mauloomaathu: https://t.co/rZm0KUF9ts pic.twitter.com/RFkQkQc66d
ފުލުހުން ބުނީ ތޫނު އެއްޗަކުން ބިރު ދައްކައިގެން ފޭރުނު މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމާއި ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ނުބުނެއެވެ.
ރާއްޖޭގައި ފަހަކަށް އައިސް މާރާމާރީ، ފޭރުން އަދި ވައްކަންކުރުން އިންތިހާއަށް ވަނީ އިތުރުވެފައެވެ. އަދި މިކަންކަމާއި ގުޅޭގޮތުން ތަންފީޒީ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު