ގައުމުތަކާއެކު އޮންނަ ހާރިޖީ ގުޅުމަށް އިހުތިރާމު ކޮށްގެން ސިޔާސީ ހަރަކާތް ހިންގަން އިލެކްޝަންސް ކޮމިޝަނުން ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ފުޅާކޮށް މާދަމާ ބޮޑު ހަރަކާތަކަށް ތައްޔާރުވަމުން ދަނިކޮށް އިސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕާޓީތަކަށް ސީޔާސީ ޙަރަކާތްތައް ހިންގުމުގެ މަގު ފަހިކޮށްދީފައިވަނީ، ގާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދާއި، ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރޭގައި ކަމަށެވެ.
އެހެންކަމުން ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ސިޔާސީ ހަރަކާތްތައް، ގާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރޭގައި ދިވެހިރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ދައުލަތުގެ ހާރިޖީ ސިޔާސަތުތަކާއި ހާރިޖީ ގުޅުންތަކަށް އިހްތިރާމު ކުރުމާއެކު ކުރިއަށް ގެންދިޔުމަށް އީސީން ވަނީ އަންގާފައެވެ.
އަދި ދައުލަތުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އެކޮމިޝަނުން އިލްތިމާސްކޮށްފައި ވެސް ވެއެވެ.
އެ ކޮމިޝަނުން ބުނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް އެކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު