މާލޭގެ ހުރިހާ އަވަށްތަށް ހިމެނޭ ގޮތަށް އަންހެނުންގެ ކޯޕަރޭޓިވް އެއް އުފައްދަން ނިއްމައިފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެެވެ.
މޭޔަރު ޑރ. މުއިއްޒު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ބާއްވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަހަރު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުންނެވެެ. ލޮނުޒިޔާރަތް ޕާކުގައި ރޭ ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ އަވަށްތައް ހިމެނޭގޮތަށް އަންހެން ކަނބަލުންގެ ކޯޕަރޭޓިވް އުފައްދައި އެ ކަނބަލުންގެ އުފެއްދުންތެރިކަމުގެ މާރުކޭޓް ތަކެއް އުފައްދަން ނިއްމާފައިވާ ކަމަށެވެ.
އެހެން ނަަމަވެސް އަންހެނުންގެ ކޯޕަރޭޓިވް އުފެއްދޭނީ ސަރުކާރުން އެއްބާރުލުން ދީގެން ކަމަށާއި އެކަމަށް ހުރަސް ނާޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ ހުރިހާ އަވަށްތައް ހިމެނޭ ގޮތަށް އުފައްދާ އެ ކޯޕަރޭޓިވާއި މާރުކޭޓްތަކުގައި ތިބޭނީ ސައްތައިންސައްތަ އަންހެނުން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެެވެ. އެކަމާއި ގުޅޭ ކުރެހުންތައް ވަރަށް އަވަހަށް ސަރުކާރަށް ހުށައަޅާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"އަންހެނުންނަށް މާރުކޭޓްތައް ގާއިމްކޮށް މާރުކޭޓް ގޮޅިތަކުގައި އެއްޗެހި ވިއްކަން ތިއްބަވާނީ އަންހެން ބޭފުޅުން. ގޭގޭގައި އުފައްދާ ކާބޯތަކެއްޗާއި އުފެއްދުންތެރިކަމުގެ އެއްޗިއްސާ އެ ކޯޕަރޭޓިވް މެދުވެރިކޮށް ބައްލަވައިގަނެ އެތަނުގައި ވިއްކާ އަންހެން ކަނބަލުންނަށް ފައިދާ ވާނެ ގޮތަށް ކައުންސިލާއި ޑަބްލިއުޑީސީ އާއި ގުޅިިގެން އެކަން ކުރިއަށް ގެންދަން ނިއްމާފައިވަނީ." ޑރ.މުއިއްޒު ވިދާޅުވިއެވެ.
ރޭގެ މި ބައްދަލުވުމުގައި ރައްޔިތުންގެ ގިނަ ސުވާލު ތަކަށް މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖަވާބު ދެއްވާފައެވެ. އަދި ކައުންސިލްގެ މަސައްކަތްތަކުގެ ތަފްސީލް ހާމަ ކޮށްދެއްވުމުގެ އިތުރުން މޭޔަރ ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައްވެސް ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ.
މިއާއިއެކު ސަރުކާރުގެ އެއްބާރުލުން ނުލިބި ކުރިއަށް ނުގެންދެވިފައި ހުރި މަޝްރޫޢު ތަކުގެ ތަފްސީލް ވެސް މޭޔަރު ވަނީ ހާމަކޮށްދެއްވާފައެވެ. މި ބައްދަލު ވުމުގައި މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ "ރައްޔިތުންގެ ޚިޔާލުފޮތް" މޭޔަރ މުޢިއްޒު ވަނީ ނެރެ ދެއްވާފައެވެ.
ރޭގެ މި ބައްދަލުވުމުގައި މާލެ ސިޓީގެ ހުރިހާ ދާއިރާތަކަކުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު