ނޭވާ ހޮޅިއަށް، ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ އެއްވުމާއި ދިމާކޮށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ މިއަދު ހަވީރު "ނޭވާ ހޮޅިއަށް" ނަމުގައި މުޒާހަރާ އެއް ބާއްވާނެ ކަން އިއުލާންކޮށްފައެވެ. މިއަދު މެންދުރު 2 ޖަހާ އެހާކަންހާއިރުން ފެށިގެން ފުލުހުން ވަނީ މަޖީދީމަގުން ޕީޕީއެމް އޮފީހަށް ނާދެވޭ ގޮތަށް ބެރިކޭޑް ޖަހާ ބަންދުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން މިހާރު ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެސްއޯ ފުލުހުންގެ ވެހިކަލެއް ވެސް ޕީޕިއެމް އޮފީސް ދޮރުމަތީގައި އޮތްކަން ފާހަަގަކޮށްލެވެއެވެ.
އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކުރީގެ އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިއީ ރައީސް ސޯލިހް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަޅާ ހުރަހެއް ކަމަށެވެ.
އިދިކޮޅު ޕީޕީއެމުން ބުނީ މުޅި ސަރުކާރު ނޭވާ ހޮޅިއަށް އެޅި ފުލުހުން ނެރެގެން ޕީޕީއެމްގެ ހަރަކާތްތަކަށް ހުރަސް އަޅަމުން ގެންދާ ކަމަށެވެ. އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ޕީޕީއެމުން ބުނީ މުޒާހަރާ ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 15:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށެވެ. އިދިކޮޅުން ބުނީ މިއީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ސަރުކާރަށް ގޮވާލާ ބާއްވާ މުޒާހަރާއެއް ކަމަށެވެ.
އިދިކޮޅުން މިއަދު ހަވީރު "ނޭވާ ހޮޅިއަށް" ނަމުގައި މާލޭގައި އެއްވުމެއް ބާއްވަން ނިންމަފައިވާއިރު ފުލުހުން ވަނީ މި އެއްވުމަކީ ގާނޫނީ އިމުގެ ތެރެއިން ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއްކޮށް އެއްވުން ނުބޭއްވުމަށް އަންގާފަ އެވެ.
މީގެއިތުރުން ފުލުހުން ވަނީ މި އެއްވުމުގައި ބައިވެރިވެ، ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި، ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށާއި، އަދި މި އެއްވުން ބާއްވައިފިނަމަ އެއްވުން ރޫޅާލާ، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

Pres @ibusolih orders @PoliceMv to block the opposition office to disrupt the #IndiaMilitaryOut rally almost 3h before the rally.A clear violation of the constitutional right on freedom of speech @caron_rohsler @GermanyinSL @USEmbSL @TransparencyMV @AusHCSriLanka @MohamedNasheed pic.twitter.com/zv9GNDdTKM
— Mohamed Saeed (@em_saeed) March 25, 2022
އިދިކޮޅު ޕީޕީއެމުން ބުނީ މުޅި ސަރުކާރު ނޭވާ ހޮޅިއަށް އެޅި ފުލުހުން ނެރެގެން ޕީޕީއެމްގެ ހަރަކާތްތަކަށް ހުރަސް އަޅަމުން ގެންދާ ކަމަށެވެ. އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ޕީޕީއެމުން ބުނީ މުޒާހަރާ ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 15:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށެވެ. އިދިކޮޅުން ބުނީ މިއީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ސަރުކާރަށް ގޮވާލާ ބާއްވާ މުޒާހަރާއެއް ކަމަށެވެ.
އިދިކޮޅުން މިއަދު ހަވީރު "ނޭވާ ހޮޅިއަށް" ނަމުގައި މާލޭގައި އެއްވުމެއް ބާއްވަން ނިންމަފައިވާއިރު ފުލުހުން ވަނީ މި އެއްވުމަކީ ގާނޫނީ އިމުގެ ތެރެއިން ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއްކޮށް އެއްވުން ނުބޭއްވުމަށް އަންގާފަ އެވެ.
މީގެއިތުރުން ފުލުހުން ވަނީ މި އެއްވުމުގައި ބައިވެރިވެ، ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި، ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށާއި، އަދި މި އެއްވުން ބާއްވައިފިނަމަ އެއްވުން ރޫޅާލާ، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު