އިދިކޮޅުން އިންތިޒާމުކޮށްގެން ބާއްވާ ނޭވާހޮޅި ހަރަކާތް ފެށުމަށް ތައްޔާރުވެފައިވަނިކޮށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރުކޮށްފިއެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރުކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރި ޕީޕިއެމް އޮފީސް ސަރަހައްދުގައި ހުންނަވަނިކޮށެވެ.
ނޭވާހޮޅި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 15:45 ގައި ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. ފުލުހުން ވަނީ މުޒާހަރާ ފެށުމުގެ އެތައް އިރެއް ކުރިން ދުރާލައި މުޅި އެ ސަރަހައްދު ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. އެސަރަހައްދުގައި އެސްއޯ ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިކަމާ ގުޅިގެން ޕީޕީއެމުން ބުނީ، މުޅި ފުލުހުންގެ މުއައްސަސާ ނެރެ ސަރުކާރު ވަނީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށާއި، އަދި އެ ޕާޓީން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަށްވެސް އަންނަނީ ހުރަސް އަޅަމުން ކަމަށެވެ. އަދި ޕީޕިއެމުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ހިންގާ ހަރަކާތަކީ ގާނޫނާ ހިލާފު ހަރަކާތެއް ކަމަށް ބުނެ، ފުލުހުން ވަނީ އެ ހަރަކާތް ނުބޭއްވުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު