މިއަހަރު ނިމުމުގެ ކުރިން އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، އަބުދު ﷲ ޔާމިން ވިދާޅުވެއްޖެއެވެ.
"ރޮއިޓާސް" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، އެއްވެސް ގައުމެއްގެ އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ ގައުމަކަށް ދިވެހިރާއްޖެ ވާން ބޭނުން ނުވާކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުން ވަރަށް މުހިންމު ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އަސްކަރީ މަރުކަޒުތައް ހުންނަ ތަނަކަށް ރާއްޖެ ވާން ބޭނުން ނުވާ ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ވެސް ހުރަސްއެޅޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުން އެކަމުގެ ބިރު އޮތީ ރާއްޖޭގެ ގައުމީ ސަލަމާތަށް އެކަނި ނޫން ކަމަށެވެ.
"މިތަން (ރާއްޖެ) އަޅުގަނޑު ބޭނުންވަނީ އަސްކަރީ ބާރެއް ނެތް ތަނެއްގެ ގޮތުގައި އޮންނަން ބޭރު ގައުމެއްގެ ބާރު އަޅުގަނޑުމެންގެ އަމިއްލަ ގައުމުގައި އޮންނާކަށް ބޭނުމެއް ނުވޭ،" ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ މީޑިއާއަކަށް ދެއްވި އިންޓަވިއުގައި ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ ނަތީޖާއަކަށް ވާނީ ޗައިނާއާއި އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުން ވެސް މިތަނުގައި އަސްކަރީ ބާރު ވަރުގަދަކުރަން މަސައްކަތް ކުރުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އިންޑިއާއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އުވާލަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުންް ރައީސް ޔާމިން މި އިންޓަވިއުގައި ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ "ރޮއިޓާސް" އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިންނަކީ "ލިމިޓެޑް އަދަދެއް" ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީ ސާޗް އެންޑް ރެސްކިއު އަދި ސަވައިލަންސްގައި ބޭނުން ކުރާ ތިން އުޅަނދެއް ބަލަހައްޓަން ތިބި ސިފައިންނާއި ސިފައިންގެ ހޮސްޕިޓަލްގައި ތިބި މެޑިކަލް ޓީމް ކަމަށް މާރިޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ނޭވާ ހޮޅިއަށް މިނަމުގައި މިއަދު ހަވީރު ބާއްވަން އުޅުނު ހަރަކާތް ފުލުހުން ނިކުމެ ވަނީ ހުއްޓުވާފައެވެ.

Maldives’ former president plots comeback with ‘India Out’ campaign https://t.co/dKQuU9UcF3 pic.twitter.com/AoefawnABs
— Reuters Asia (@ReutersAsia) March 25, 2022
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ ނަތީޖާއަކަށް ވާނީ ޗައިނާއާއި އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުން ވެސް މިތަނުގައި އަސްކަރީ ބާރު ވަރުގަދަކުރަން މަސައްކަތް ކުރުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އިންޑިއާއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އުވާލަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުންް ރައީސް ޔާމިން މި އިންޓަވިއުގައި ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ "ރޮއިޓާސް" އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިންނަކީ "ލިމިޓެޑް އަދަދެއް" ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީ ސާޗް އެންޑް ރެސްކިއު އަދި ސަވައިލަންސްގައި ބޭނުން ކުރާ ތިން އުޅަނދެއް ބަލަހައްޓަން ތިބި ސިފައިންނާއި ސިފައިންގެ ހޮސްޕިޓަލްގައި ތިބި މެޑިކަލް ޓީމް ކަމަށް މާރިޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ނޭވާ ހޮޅިއަށް މިނަމުގައި މިއަދު ހަވީރު ބާއްވަން އުޅުނު ހަރަކާތް ފުލުހުން ނިކުމެ ވަނީ ހުއްޓުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު