"ނޭވާހޮޅިއަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ ހުއްޓުވައި ބައެއް މީހުން ހައްޔަރު ކޮށްފި އެވެ.
ނޭވާ ހޮޅިއަށް، ނަމުގައި އިދިކޮޅު ކޯލިޝަނުން އެއްވުމެއް ބާއްވަން ނިއްމީ މިއަދު ހަވީރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީސް ހިމެނޭ ސަރަހައްދުގައެވެ. އެހެން ނަމަވެސް މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕިއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދަށް އެސްއޯ ފުލުހުން ގެންގޮސް މުޒާހަރާ ހުއްޓުވާފައެވެ.
އެ ސަރަހައްދުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި، ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެެވެ.
ޕީޕިއެމުން ބުނީ މުޒާހަރާގެ ބައިވެރިންނަށް ފުލުހުންގެ ފަރާތުން އެކިވަރުގެ އަނިޔާތައް ލިބެމުންދާ ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ.
މުޒާހަރާ އަށް ފުލުހުން ހުރަސް އެޅުމުން މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ކާނިވާ ސަރަހައްދާއި މާލޭގެ ބައެއް މަގުތަކަށް ނުުކުމެ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އަޑު އުފުލާފައެވެ.
އިދިކޮޅުން މިއަދު ހަވީރު "ނޭވާ ހޮޅިއަށް" ނަމުގައި މާލޭގައި އެއްވުމެއް ބާއްވަން ނިންމާފައިވާއިރު ފުލުހުން ވަނީ މި އެއްވުމަކީ ގާނޫނީ އިމުގެ ތެރެއިން ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއްކޮށް އެއްވުން ނުބޭއްވުމަށް އަންގާފަ އެވެ.

ދިވެހި ފުލުހުންގެ ފަރާތުން އެއްވުމުގެ ބައިވެރިންނަށް ދަނީ އެކިވަރުގެ އަނިޔާތައް ލިބެމުން. ދިވެހި ރައްޔިތުން އެދި ގޮވަނީ އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް މި ގޮވާލާ ގޮވާލުންތަކަށް ސަރުކާރުން އިޖާބަދިނުމަށް.#IndiaOut pic.twitter.com/5XpCwoGzgt
— Progressive Party of Maldives (@ProgressPartyMV) March 25, 2022
ޕީޕިއެމުން ބުނީ މުޒާހަރާގެ ބައިވެރިންނަށް ފުލުހުންގެ ފަރާތުން އެކިވަރުގެ އަނިޔާތައް ލިބެމުންދާ ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ.
މުޒާހަރާ އަށް ފުލުހުން ހުރަސް އެޅުމުން މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ކާނިވާ ސަރަހައްދާއި މާލޭގެ ބައެއް މަގުތަކަށް ނުުކުމެ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އަޑު އުފުލާފައެވެ.
އިދިކޮޅުން މިއަދު ހަވީރު "ނޭވާ ހޮޅިއަށް" ނަމުގައި މާލޭގައި އެއްވުމެއް ބާއްވަން ނިންމާފައިވާއިރު ފުލުހުން ވަނީ މި އެއްވުމަކީ ގާނޫނީ އިމުގެ ތެރެއިން ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއްކޮށް އެއްވުން ނުބޭއްވުމަށް އަންގާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު