3 ރަށެއްގެ ބައި އިލެކްޝަންގެ ވޯޓްލުން ހުޅުވާލައިފިއެވެ.
މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކަކީ ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބާއި ފ. ނިލަންދުއާއި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެވެ.
މި 3 އިންތިޚާބުގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް އޮތް ކުރެންދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ޢަލީ ނަސީމް ވާދަކުރާއިރު ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ އިސްމާއިލް މަދީހެވެ. މި އިންތިޚާބުގައި ކުރެންދޫ 1541 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ނިލަންދޫ އަންހެނުންގެ ކޮމެޓީގެ ގޮޑިއަށް 5 ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ އަމިއްލަ ގޮތުން 3 ކެނޑިޑޭޓުންނާއި، އިދިކޮޅު ޕީޕީއެމާއި، އެމްއެންޕީގެ ކެނޑިޑޭޓެކެވެ.
ދ. މީދޫ އިންތިޚާބުގައި 4 ކެނޑިޑޭޓުން ވާދަކުރާއިރު މިއިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އެމްއެންޕީއާއި، އެމްޑީއޭގެ އިތުރުން އަމިއްލަ ގޮތުން ކެނޑިޑޭޓަކު ވާދަކުރެއެވެ. މިއިންތިޚާބުގައި މީދޫގައި ބަހައްޓާ 2 ވޯޓު ފޮއްޓަށް 661 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
މި އިންތިހާބުތަކުގެ ވޯޓްލުން ކުރިއަށްދާނީ މިއަދުގެ 15:00 އާއި ހަމައަށެވެ. އަދި ވޯޓްގެ ނަތީޖާ 16:00 ގައި އިއުލާންކުރާނެއެވެ.

— Elections Commission (@ElectionsMv) March 26, 2022

ކިޔުންތެރިންގެ ހިޔާލު