ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ހާރިޖީ ވަޒީރު ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުހިއްމު މަޝްވަރާތަކެއް ކުރެވި، މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އިންޑިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށްވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން، އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ޕޮލިސް އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ ޑރ. ޖައިޝަންކަރު އިންޑިއާގެ ހާރިޖީ ވަޒީރުގެކަމުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ކުރައްވާ 3 ވަނަ ރަސްމީ ދަތުރުފުޅެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެން ދެގައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކެއް ގާއިމު ކުރެވިގެންދާއިރު އިދިކޮލު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ކެމްޕޭން ހަރަކާތްތަކުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގާތް ގުޅުމަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.

Minister of External Affairs of India 🇮🇳 @DrSJaishankar to to make an Official Visit to the Maldives 🇲🇻 on an invitation by the Minister of Foreign Affairs @abdulla_shahid.
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 26, 2022
📃 Press Release | https://t.co/DW3neoDGVg pic.twitter.com/fp8KevaAXw
އިންޑިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށްވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން، އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ޕޮލިސް އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ ޑރ. ޖައިޝަންކަރު އިންޑިއާގެ ހާރިޖީ ވަޒީރުގެކަމުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ކުރައްވާ 3 ވަނަ ރަސްމީ ދަތުރުފުޅެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެން ދެގައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކެއް ގާއިމު ކުރެވިގެންދާއިރު އިދިކޮލު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ކެމްޕޭން ހަރަކާތްތަކުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގާތް ގުޅުމަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު