ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރ މާޓުގައި ހުޅުވައިފިއެވެ.

މިއީ ނޯޓް ކޮސްމެޓިކްސްއިން ރާއްޖޭގައި ގާއިމްކުރި އެ ކުންފުނީގެ ދެވަނަ މޮނޯ އައުޓްލެޓެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި މިރޭ އޮތް ހަފްލާއެއްގައި މި އައުޓްލެޓް ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި އެ ކުންފުނީގެ ބޯޑު މެންބަރު އައިމިނަތު ރުޝްމާއެވެ.



ނޯޓް ކޮސްމެޓިކްސް މޮނޯ އައުޓްލެޓްގެ ރަމްޒީ ތަޅުދަނޑި އެސްޓީއޯގެ އެމްޑީ އަމްރާ ހަވާލުކޮށްދެއްވީ ނޯޓް ކޮސްމެޓިކްސްގެ ރީޖަނަލް ޑައިރެކްޓަރ ސިހާނެވެ.

ނޯޓް ކޮސްމެޓިކްސް ރާއްޖޭގައި ވިއްކާ ނިއު އެޑިޝަންގެ ޗީފް މާކެޓިން އޮފިސަރު އިސްމާއީލް އަޒްމީ ވިދާޅުވީ ނޯޓް އައުޓްލެޓެއްގެ އިންޓަނޭޝަނަލް މޮނޯ ސްޓޯރެއް ހުޅުވުމަކީ ވަރަށް ބޮޑު ހުވަފެނެއްކަމަށް ވިދާޅުވެ އެ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވީތީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރާއި ޓީމަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން